ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ސްޓްރެޓީޖިކް ޑިވެލޮޕަރ

ސީނިއަރ ސްޓްރެޓީޖިކް ޑިވެލޮޕަރ

މަޤާމު

އެމް.އެސް 3

ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

ސްޓްރެޓީޖިކް ލަރނިންގ އެންޑް ޑިވެލޮޕްމަންޓް

ޑިވިޜަން

-/7035 ރުފިޔާ

މުސާރަ

-/2000 ރުފިޔާ

ސަރވިސް އެލެވަންސް

-/4000 ރުފިޔާ

ލިވިންގ އެލަވަންސް

-/2462 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް

01

ބޭނުންވާ އަދަދު

  • މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ (ލެވެލް 9 ގެ ސަނަދެއް) ހާސިލުކޮށްފައިވުން. ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ (ލެވެލް 7 ގެ ސަނަދެއް) ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ

ސްޓްރެޓީޖިކް ލަރނިންގ

  • ސިވިލް ސަރވިސްގެ އިދާރާތަކުގައި ޒަމާނީ ހިންގުމުގެ ނިޒާމުތައް ޤާއިމުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފާދިނުން.
  • ސިވިލް ސަރވިސްގެ އިދާރާތަކުގައި ޕްރޮސީޖަރ މެނުއަލްތަކާއި އޮޕަރޭޓިން ޕްރޮސީޖަރތައް އެކުލަވާލުމަށް ބޭނުންވާ ގައިޑްލައިންތައް ތައްޔާރުކުރުން.
  • ސިވިލް ސަރވިސް އަދި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވާ ހިންގައި ބެލެހެއްޓުން. އަދި ސްޓްރެޓީޖިކް ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންތައްތައް މޮނިޓަރކޮށް ކޮންމެ ހަމަހަކުން ޕްރޮގްރެސް ރިޕޯޓެއް އެކުލަވައިލައި ހުށަހެޅުން.
  • ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވާ ހިންގައި ބެލެހެއްޓުން. އަދި އެކްޝަން ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެކްޝަން ޕްލޭންގައިވާ ކަންތައްތައް މޮނިޓަރކޮށް ކޮންމެ ހަތަރު މަހަކުން ޕްރޮގްރެސް ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.

ސަރވިސް މެނޭޖްމަންޓް

  • ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ޚިދުމަތް ހޯދާ ފަރާތްތަކުން ޚިދުމަތް ލިބޭނެކަމަށް އުންމީދުކުރާ ފެންވަރުގެ ޚިދުމަތަށްވުރެ މަތީ ހަރުފަތްތަކެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ "ސިވިލް ސަރވިސްގެ ސަރވިސް އެކްސެލެންސް" ޕްރޮގްރާމް ވިލަރެސްކޮށް އެ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ލަފަޔާއި މަޝްވަރާ އިދާރާތަކަށް ދިނުން.
  • "ސިވިލް ސަރވިސްގެ އީޖާދީ އިނާމް" އާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

ރިސަރޗް އެންޑް ޕަބްލިކޭޝަން

  • ސިވިލް ސަރވިސްގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމުތައް (ގަވަރނަންސް) ހަރުދަނާކުރުމާބެހޭ ގޮތުން ދިރާސާކޮށް، އެފަދަ ދިރާސާތައް ޝާއިޢުކުރުން. 
  • ސިވިލް ސަރވިސްގެ ސްޓްރެޓީޖިކް ކަންތައްތަކާބެހޭގޮތުން ދިރާސާކޮށް، ރިޕޯޓުތައް އެކުލަވާލައި ޝާއިޢުކުރުން.
  • ސިވިލް ސަރވިސް ކޮންފަރެންސްގެ ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި، މޮނިޓަރކޮށް، އިވެލުއޭޝަން ރިޕޯޓުތައް ތައްޔާރުކޮށް ޝާއިޢުކުރުން.
  • ސިވިލް ސަރވިސްއާބެހޭ ތަފާސްހިސާބު ހޯދައި، އެނަލައިޒްކޮށް، ގަވާއިދުން ޝާއިޢުކުރުން.
  • ސިވިލް ސަރވިސްގެ އަހަރީ ކަލަންޑަރު އެކުލަވާލައި ޝާއިޢުކުރުން.  

މަޤާމުގެ މަސްއޫލިއްޔަތު

13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭ 12 ވަނަ ފަންގިފިލާ)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން 2015 އޮގަސްޓު 16 އާއި 2015 އޮގަސްޓު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

04 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ