ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އީކޮމާސް އެންޑް މާރކެޓިންގ

މަޤާމު: މެނޭޖަރ އީކޮމާސް އެންޑް މާރކެޓިންގ

މުސާރަ އާއި އެލަވަންސް:

މަހަކު -/17،500 ރުފިޔާ

މަޤާމުގެ ރޭންކް

EX4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ ކޮމާސް އެންޑް މާރކެޓިންގ

މަޤާމުގެ ޝަރުޠު:

މަސްއޫލިއްތުތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލުކޮށްފައިވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އީކޮމާސް އެންޑް މާކެޓިން ޑިޕާޓްމެންޓްގެ ޕްރޮޖެކްޓްސްތައް ރާވައި ހިންގުން.
  • ނިއުމީޑިޔާގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުންފުނީގެ ޕްރޮޑަކުޓްތައް ޕްރޮމޯޓްކުރުން.
  • ކުންފުނީގެ ބްރޭންޑްސްތައް މެނޭޖްކުރުމުގައި އެހީވުން.
  • ކުންފުނީގެ އީކޮމާސް ޕްލެޓްފޯމްތައް މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެންމެހައި ޕްރޮޑަކުޓްސްތައް ޑިޖިޓަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭގޮތައް ތައްޔާރުކުރުން.
  • ކުންފުނީގެ ޑިޖިޓަލް އަދި މަލްޓިމީޑިޔާ ޕްލެޓްފޯމްތައްް (ކުންފުނީގެ ވެބްސައިޓާއި ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް) މެނޭގްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ޕްރޮޑަކްޓްސްތައް މާކެޓް ކުރުމަށް،ތަފާތު ޕްލެޓްފޯމްތަކުގައި ކަންކަންރާވައި ހިންގުން.
  • ކުންފުނީގެ އިންޓާނަލް އަދި އީމާކެޓިންގެ ކަންކަން ރާވާ ހިންގުން.

ވަޒީފާ އަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަލްޓިމީޑިޔާ، މާރކެޓިންގް އަދި ޕީ.އާރު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، އިނޮވޭޓިވް ޚިޔާލްތަކާއި ކްރިއޭޓިވިޓީގެ މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 30 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

03 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ