ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެނޭޖަރ

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: މެނޭޖަރ  

އަދަދު: 1

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މުސާރަ: ހަމަޖައްސާނީ ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އާއި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: 3000.00ރ އާއި 5000.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓަންޓަންސް އެލަވަންސް ނުވަތަ ނޮން ޕްރެކްޓިސިންގ އެލަވަންސް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • ފިހާރައިގެ އޮޕަރޭޝަނަލް އެންމެހައި މަސައްކަތެއް އޮޕަރޭޝަނަލް މެނުއަލްގައިވާ ގޮތަށް ކުރުން
  • ދަށުން މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ސުޕަރވައިޒް ކުރުން އަދި ސޭލްސް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  • ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި ފޯރކާސްޓް ކުރުމާއި އަދި އިންވެންޓްރީ ބެލެހެއްޓުން
  • ވިޔަފާރި ފުރުޞަތުތައް ހޯދައި ރީޖަނަލް ސޭލްސް އޮފީހާ ގުޅިގެން އެކަން ރާވައި ހިންގުން

ތަޢުލީމާއި ތަޖުރިބާ:

  • މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ބިޒްނަސް ދާއިރާއަކުން މާސްޓާރސް ލެވެލްގެ ފެންވަރު ހުރުން
  • މަޤާމާ ގުޅޭ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 29 ވާާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 138 ނަމްބަރ ފިހާރަ (ގދ. ތިނަދޫ) ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާނެއެވެ. އަދި އިޢުލާނުގައި ފާހަގަ ކުރެވިފައިވާ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ނެތްނަމަ، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކީ ދެން އެމަޤާމަށް އެންމެ ޤާބިލު ފަރާތްކަމަށް ބަލާނީއެވެ.

ވަޒީފާ ހަވާލު ކުރުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް ނުވަތަ  އެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރަ ، ދާންނާމަގު، ނަންބަރު 59، ގދ. ތިނަދޫ، ފޯން: 3012675 ، 3344273.

05 ޝައްވާލް 1436

21 ޖުލައި 2015
ހޯދާ