ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނެޓްބޯލް ކޯޗު ކޮށްދޭނެ ފަރާތެއް ހޯދުން

މި އެސޯސިއޭޝަންގެ ބޭނުމަށް ތިރީގައިވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

މަޤާމު: ހެޑްކޯޗް

ކޯޗުކޮށްދޭނެ އުމުރުފުރާ: 21 އަހަރުންދަށުގެ ޤައުމީ ނެޓްބޯލް ޓީމް

ބޭނުންވާ އަދަދު:01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް

ފެންވަރު ނުވަތަ ޝަރުޠު

  • ނެޓްބޯލް ކޯޗިންގ ކޯސް ލެވެލް-1 ފުރިހަމަކޮށްފައިވުން
  • އިނގިރޭސި ބަހުން ލިޔަންކިޔަން އެނގުމާއެކު ވާހަކަދައްކަން އެނގުން
  • ނެޓްބޯލް ކޯޗިންގ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިހާރުވެސް މިދާއިރާގައި ޙަރަކާތްތެރިވެ އުޅޭފަރާތަކަށްވުން
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން

މަޤާމު: އެސިސްޓެންޓް ކޯޗް

ކޯޗުކޮށްދޭނެ އުމުރުފުރާ: 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯލް ޓީމް

ބޭނުންވާ އަދަދު:01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް

ފެންވަރު ނުވަތަ ޝަރުޠު

  • ނެޓްބޯލް ކޯޗިންގ ކޯސް ލެވަލް-1 ފުރިހަމަކޮށްފައިވުން
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއިއެކު ވާހަކަދައްކަން އެނގުން
  • ނެޓްބޯލް ކޯޗިންގ ދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިހާރުވެސް މިދާއިރާގައި ޙަރަކާތްތެރިވެ އުޅޭފަރާތަކަށްވުން
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން
  • ހެޑްކޯޗް ނެތްޙާލަތްތަކުގައި ހެޑްކޯޗުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާބިލިއްޔަތުކަންހުރި މީހަކަށްވުން

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޖުލައި 2015 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުން، އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7793978 އަށް ގުޅުއްވުން އެދެމެވެ. 

18 ޖުލައި 2015
ހޯދާ