މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މުއްދަތު

 1 އަހަރު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ (އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
  • ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަންނާނެ ސްޓެޓިސްޓިކަލް މަޢުލޫމާތު ހޯދާނެ އިންޑިކޭޓަރތަކެއް އެކުލަވާލުން އަދި އިންޑިކޭޓަރުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމުގެ ނިޒާމް ޤާއިމުކުރުން.
  • އިންޑިކޭޓަރތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިމާވެށީގެ މަޢުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުން.
  • ތިމާވެއްޓާ ގުޅޭ ތަފާތު ލިތުންޔަކާއި، ދިރާސާ ރިޕޯޓުތަކާއި، ސާރވޭތަކާއި، އަދި އެހެނިހެންވެސް ޕަބްލިކޭޝަންތަކުގެ އަރކައިވެއް ހެދުން.
  • ތިމާވެއްޓާ ގުޅޭގެ މަޢުލޫމާތު ޤައުމީ ފެންވަރުގައާއި، އަތޮޅުފެންވަރުގައާއި، ރަށުފެންވަރުގައި އަދި ފަރުދީ ފެންވަރުގައި ގަވައިދުން ހޯދޭނެ އިންތިޒާމް ހަމަޖައްސުން.
  • ތިމާވެއްޓާ ގުޅޭ ޤައުމީ މަޢުލޫމާތުތައް ކަނޑައެޅޭ އުސޫލެއްގެ މަތިން އެނަލައިޒްކޮށް ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.
  • ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ އަލީގައި ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓު ފައިނަލްކޮށް ޕަބްލިޝްކުރުން.
  • ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓުގެ ހޯދުންތައް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި އާންމުކޮށް ހުރިހާ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި މާއްދާއެއް ކިޔަވާފައި ހުރުން ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރިމިންވަރު.
  • ރާއްޖޭގެ ރަށްރަށަށް ގޮސް ސަރވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 6 އޮގަސްޓް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 9 އޮގަސްޓް 2015 އާއި 27 އޮގަސްޓް 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

04 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ