މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މެއިންޓަނަންސް އޮފިސަރ (ކޮންޓްރެކްޓް)

މުސާރަ: -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / އެޑްމިނިސްޓްރޭޝަން

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މިނިސްޓްރީގައި ކުރަންޖެހޭ މަސައްކަތްތަކުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދައި، މަޢުލޫމާތު ދިނުމާއި ކޯޓޭޝަންތައް ހޯދުން.
  • ސެކިއުރިޓީ ބަލަހައްޓަމުންދާތަންތަނުގެ ސެކިއުރިޓީގެ ކަންކަން ހުރިގޮތް ބެލުމާއި، މައްސަލައެއް އުޅޭނަމަ އެކަމެއް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  • މިނިސްޓްރީގެ އެކި އިމާރާތްތަކުގައި ހުރި އެއަރކޮންޑިޝަންތައް ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  • އިޢުލާން ތައްޔާރުކޮށް ގެޒެޓަށް ފޮނުވުން.
  • މަސައްކަތާ ބެހޭ މަޢުލޫމާތު ތައްޔާރު ކުރުން.
  • މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  • އަންދާސީހިސާބު ބަލައިގަތުން.
  • ބިޑް ކޮމެޓީއަށް ފޮނުވުމަށް ތައްޔާރުކޮށް ބިޑްތައް ކޮމިޓީއަށް ފޮނުވުން.
  • ބިޑް ކޮމިޓީން ނިންމާ ޙަވާލުކުރާ ބިޑުތައް ޚަވާލުވެ ބިޑް ކާމިޔާބު ކުރި ފަރާތައް ބިޑް އެވޯޑް ލެޓަރ ފޮނުވުން.
  • އެގްރިމެންޓް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުން.
  • ސައިޓްތަކަށް ގޮސް މަސައްކަތް ހިނގަމުންދާގޮތް ބަލައި ސްޕަވައިޒް ކުރުން.
  • މަސައްކަތްނިމި ފައިސާގެ ބިލްތައް ލިބުމުން ލިޔެކިޔުންތައް ހަމަކޮށް ލަސްނުކޮށް ބަޖެޓާ ޙަވާލުކުރުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވޭލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

05 ޝައުބާން 1436 

21 ޖުލައި 2015
ހޯދާ