ދިވެހިރާއްޖެ
އިޢުލާން
8 ކްލާސްރޫމްގެ 2 ބުރި އިމާރާތް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ތޮއްޑޫ ސްކޫލްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 8 ކްލާސްރޫމްގެ 2 ބުރި އިމާރާތް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގައި ތޮއްޑޫ ސްކޫލްގައި |
އަންދާސީހިސާބު ހުށަހެޅުން |
13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގައި ތޮއްޑޫ ސްކޫލްގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.
04 ޝައްވާލް 1436