ވަންދޫ މަދަރުސާ/ ތ.ވަންދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.                      

މަޤާމުގެ ނަން:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)  

ކްލެސިފިކޭޝަން: 

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/އިދާރާ:

ވަންދޫ މަދަރުސާ

ޔުނިޓް:

އެޑްމިން / އެކަޑެމިކް ޝެކްސަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވަންދޫ މަދަރުސާ

މުސާރަ:

3000.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ (މަހަކު)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އިތުރު ޢިނާޔަތްތައް ލިބިދެވޭ އުސޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތު:

ވަންދޫ މަދަރުސާގެ،

  1. އޮފީސްތެރެ ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލުން.
  2. ފާޚާނާތައް ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
  3. ކްލާސްރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި، މޮޕްލުމާއި، ޑެސްކްތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  4. މޭޒު، ގޮނޑި ފަދަ ތަކެތި އެއްކުލާހުން އަނެއްކުލާހަށް ގެންދިއުމާއި، ސްކޫލުގައި ހިންގޭ އެކިއެކި ހަރަކާތްތަކާ ގުޅިގެން އުފުލަންޖެހޭ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، ތަރުތީބުކޮށް ބެހެއްޓުން.
  5. އޮފީހުގެ ބިއްލޫރީތަކާއި، ކްލާސްރޫމްތަކުގެ ފަންކާތަކާއި، ފެންލައިޓާއި، ހޮޅިބުރިތައް ފޮހެ، ސާފުކޮށް ބެލެހެއްޓުން.
  6. ކުލައާއި ދަވާދުލުން.
  7. ފުރާޅު ސާފުކުރުމާއި ގަސްކޮށުން.
  8. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  9. މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރު ޞިއްޙަހަތެއް ލިބިފައިވުން.
  10. ގިނަވަގުތުގައި މަސައްކަތްކުރެވެވޭ މީހެއްކަމުގައިވުން.
  11. ބަރުތަކެތި އެއްތަނުން އަނެއްތަނަށް ގެންދެވޭފަދަ މީހަކަށްވުން.
  12. އެކިއެކި ރަށްރަށުން ސްކޫލަށް ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ސްކޫލުން އެކިތަންތަނަށް ފޮނުވޭ ތަކެތި ބޯޓަށް ނުވަތަ ފެރީއަށް ނުވަތަ ގެންދަންޖެހޭ ތަންތަނަށް ގެންދިއުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ،  1 އޮގަސްޓު 2015 އާއި 4 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައި ވަންދޫ މަދަރުސާގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވަންދޫ މަދަރުސާގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، ތ. ވަންދޫ  ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ށ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ.

ރ. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުން، މަސައްކަތުގެ ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތައް.

ބ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

- މ މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވަންދޫ ސްކޫލުގެ 6780574 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ޝައްޥާލް 1436

20 ޖުލައި 2015
ހޯދާ