މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ގއ. ވިލިނގިލި ކެމްޕަހުގެ ސެކިއުރިޓީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބް ބޭނުންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކް ގއ. ވިލިނގިލި ކެމްޕަހުގެ ސެކިއުރިޓީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ގއ. ވިލިނގިލި އަތޮޅު ތައުލީމީ މަރުކަޒުގެ މީޓިންގ ރޫމްއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ގއ. ވިލިނގިލި އަތޮޅު ތައުލީމީ މަރުކަޒުގެ މީޓިންގ ރޫމްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

20 ޖުލައި 2015
ހޯދާ