ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމެޓީގެ މެންބަރު

އިޢުލާން


އަގުކޮމެޓީ އެކުލަވައިލުން:

މި ކޯޓުން 2 ޖުލައި 2015 ގައި ކޮށްފައިވާ 2015/06 ނަންބަރުގެ އިޢުލާނާ ގުޅިގެން އަގުކޮމެޓީގެ މެންބަރަކަށް ވުމަށްއެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް،  އަގުކޮމެޓީގެ މެންބަރުން ހޯދުމަށްޓަކައި އަލުން އިޢުލާނު ކުރީމެވެ.

މަޤާމް:

އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި، ފ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.
  2. އަތޮޅުގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

- އަތޮޅުގެ  ކޯޓުތަކަށް  ހުށަހެޅިފައިވާ  މައްސަލައެއް  އަގުކުރަން  ޖެހިއްޖެނަމަ،  އުޖޫރައިގެ  އިތުރުން،  ހުރުމާއި  ކެއުމާއި ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މި ފޯމް، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. މަސައްކަތު ތަޖުރިބާގެ ލިޔުން.
  5. މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު (ކޯޓުން ދޫކުރާ ނަމޫނާ ފޯމުގައި ފުރިހަމަކޮށްފައި)

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 2015 އޮގަސްޓުމަހުގެ 5 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6740067 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740600 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

4 ޝައްޥާލް 1436

20 ޖުލައި 2015
ހޯދާ