ދިވެހިރާއްޖެ
އިޢުލާން
މާފުށީ ޖަލުގައި ރިހެބިލިޓޭޝަން ވޯރކްޝޮޕް ޔުނިޓެއް ޑިޒައިން ކުރުމާއި އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިނގަމުންދާ މާފުށީ ޖަލުގައި ރިހެބިލިޓޭޝަން ވޯރކްޝޮޕް ޔުނިޓްއެއް ޑިޒައިން ކުރުމާއި އިމާރާތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި ނަންބަރު:- (IUL)/167-CC/PR/1/2015/53 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެ ފަރާތުން ކަމަށްވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
03 އޮގަސްޓު 2015 |
ހޯމަ |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
10 އޮގަސްޓު 2015 |
ހޯމަ |
12:00 |
05 ޝައްވާލް 1435