ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ ދާއިރާތަކުން މީހުން ތަމްރީނު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
- އިންޓަވިއުއިން އަދި އިންވެސްޓިގޭޝަން ޓެކްނިކްސް
- ދިވެހި ބަހުގެ ހަމަތަކަށް އަހުލުވެރިކުރުވުން
- މެނޭޖިން ޕީޕަލް އެންޑް އެޕްރެއިސަލް ޓްރެއިނިންގް
ވީމާ، މި ޓްރެއިނިންގ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އޮފީހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނުގައިވާ ތިން ޓްރެއިނިންގއަށް ވަކިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު އޮޅުންފިލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި 11:30 ގެ ފަހުން މިކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
04 ޝައްވާލް 1435