މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިމިނސްޓްރީގެ ދަށުން ހިންގަމުންދާ ތިރީގައިމިވާ އޮފިސްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ފެޑް ސެންޓަރ / ހުޅުމާލެ
  • މެރައިން ރިސާރޗް ސެންޓަރ/ މާލެ

ވީމާ، މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގެ 4 ވަނަ ފަންގިފިލާގެ ޖަލްސާކުރާމާލަމްއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގެ 4 ވަނަ ފަންގިފިލާ ޖަލްސާކުރާމާލަމްއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

03 އޮގަސްޓު 2014 (ހޯމަ) ދުވަހުގެ 11:00 އަށް

30 ޖުލައި 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް

މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ވާހަކަދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

21 ޖުލައި 2015
ހޯދާ