މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު:

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ 2 ކައުންސިލްގެ މެންބަރުންނަށް ވުމަށް ފުރުޞަތު ދެވަނަފަހަރަށް ހުޅުވައިލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެކުލަވައިލުން

ބޭނުންވާ އަދަދު

 

3 ރެޖިސްޓާރޑް ނަރުހުން (3 ރެޖިސްޓާރޑް ނަރުހުންގެ ތެރެއިން 1 ނަރުހެއް ވާންވާނީ 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ ނަރުހަކަށް)

1 ރެޖިސްޓާރޑް ނާރސް މިޑްވައިފްއެއް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

 

 

ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތްކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި، ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި، ސުލޫކީ މިންގަޑުތަކާއި، އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް، މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

 

 

 

 

 

 

 

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

ތަޢުލީމީ ތަޖުރިބާ (ނާރސިންގ ދާއިރާއިން ލިބިފާވާ ތަޢުލީމީ ސެޓްފިކެޓްތައް)

ނާރސިންގ ޑިޕްލޮމާ 10 މާކްސް

ނާރސިންގ އެންޑް މިޑްވައިފަރީ ޑިޕްލޮމާ 20 މާކްސް

ނާރސިންގ ޑިގްރީ 30 މާކްސް

ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ (ނާރސިންގ ދާއިރާއިން) 40 މާކްސް

މާރސްޓަރ ޑިގްރީ 50 މާކްސް

ޕީ.އެޗް.ޑީ 75 މާކްސް

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެތައް:

ޑިޕްލޮމާ ލެވެލް 5 މާކްސް

ޑިގްރީ ލެވެލް 10 މާކްސް

ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ 15 މާކްސް

މާސްޓަރސް ލެވެލް 20 މާކްސް

ޕީ.އެޗް.ޑީ ލެވެލް 30 މާކްސް

1 ރެޖިސްޓާރޑް ނާރސް މިޑްވައިފްއެއް

ނާރސިންގ އެންޑް މިޑްވައިފް ޑިޕްލޮމާ 20 މާކްސް

ނާރސިންގ/މިޑްވައިފް ޑިގްރީ 30 މާކްސް

ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ (ނާރސިންގ ދާއިރާއިން) 40 މާކްސް

މިޑްވައިފަރީ މާރސްޓަރ ޑިގްރީ 50 މާކްސް

ޕީ.އެޗް.ޑީ 75 މާކްސް

މަސައްކަތު ތަޖުރިބާ

މަދުވެގެން 5 އަހަރު ދުވަހުގެ ނަރުސްކަމުގެ ތަޖުރިބާ (މީގެ ތެރެއިން މަދުވެގެން 3 އަހަރު ދުވަހު 20 އެނދުގެ ހޮސްޕިޓަލެއްގައި ނަރުހެއްގެގޮތުގައި މަސައްކަތްކޮށްފައިވުން)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރަށްވުރެ މަތީ ތަޖުރިބާ 60 މާކްސް

1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ 1 ނަރުހެއް ހޮވުން.

  • އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ، މެންބަރުކަމަށް ހޮވޭނީ، އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ނާރސިންގ ދާއިރާގެ ސެޓްފިކެޓްތަކަކީ، މޯލްޑިވްސް ނާރސިންގ ކައުންސިލުން ގަބޫލުކުރާ ސެޓްފިކެޓްތަކެއް ކަމުގައި ވާންވާނެއެވެ.

 

 

 

 

 

މަޤާމަށް ކުރިމަތިލާ  މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި، މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް.
  4. އައި.ޑީ.ކާޑުގެ ކޮޕީ.
  5. ސީވީ.
  6. އަތޮޅު ތެރޭގައި މަސައްކަތްކޮށްފައިވާނަމަ، ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭފަދަ ސަރުކާރުގެ ލިޔުމެއް.

ކައުންސިލްގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އެކުލަވައިލުން.

 

 

 

 

ބޭނުންވާ އަދަދު

ދިވެހި ރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ 6 މީހުން (1 ދާއިރާއަކުން 2 މީހުން ނުނެގުމަށް)

އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.

  • ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
  • ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
  • ކޮމިއުނިޓީ ހެލްތް ޕްރޮފެޝަނަލް
  • ކްލިނިކަލް އެންޑް ހެލްތް ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
  • މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
  • ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން
  • ފާރމަސީ ޕްރޮފެޝަނަލުން.
  • ޑަޔަޓީޝަނުންނާއި ނިއުޓްރިޝަނިސްޓުން.
  • މި ޤާނޫނުގެދަށުން ހަދާ ޤަވާއިދުގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.

ކޮންމެ ދާއިރާއަކުން އެންމެ މަތީ މާކްސް ލިބޭ ފަރާތެއް ހޮވުން. 6 ދާއިރާއިން ހުށަހަޅާފައިނުވާނަމަ، އެންމެ ގިނަ ޕްރޮފެޝަނަލް ދާއިރާއިން 2 މެންބަރުން)

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

 

 

ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތްކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި. ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި، ސުލޫކީ މިންގަޑުތަކާއި، އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް، މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

 

 

 

 

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯދައްވާފައިވާ ތަޢުލީމީ ސެޓްފިކްޓްތައް

  • އެޑްވާންސް ސެޓްފިކެޓް ލެވެލް 10 މާކްސް (ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލްގެ ދާއިރާއަށް އެކަނި)

ޑިޕްލޮމާ 20 މާކްސް

ޑިގްރީ 30 މާކްސް

ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 40

މާރސްޓަރ ޑިގްރީ 50 މާކްސް

ޕީ.އެޗް.ޑީ 75 މާކްސް

ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެތައް:

ޑިޕްލޮމާ ލެވެލް 5 މާކްސް

ޑިގްރީ ލެވެލް 10 މާކްސް

ޕޯސްޓް ގްރެޖުއޭޓްޑިޕްލޮމާ  15 މާކްސް

މާސްޓަރސް ލެވެލް 20 މާކްސް

ޕީ.އެޗް.ޑީ ލެވެލް 30 މާކްސް

މަސައްކަތު ތަޖުރިބާ (ދާއިރާގެ މަސައްކަތު ތަޖުރިބާ)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރަށްވުރެ މަތި ތަޖުރިބާ 60 މާކްސް

  • އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ، އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ހުށަހަޅުއްވާ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައި ވާންވާނެއެވެ.

 

 

 

 

 

މަޤާމަށް ކުރިމަތިލާ  މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ކައުންސިލުގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި، މަސައްކަތުގެ އަޚުލާޤު ހުރި މީހަކުކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކުކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއްކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް.
  4. އައި.ޑީ.ކާޑު ކޮޕީ.
  5. ސީވީ.

ސުންގަޑި

30 ޖުލައި 2015 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގެ ކައުންޓަރަށް.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014468 ނަންބަރު ފޯނަށް ނުވަތަ 3014480 ނަންބަރު ފޯނަށެވެ.

6 ޝައްޥާލް 1436

22 ޖުލައި 2015
ހޯދާ