ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކަރުދާސް ފޮށި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކަރުދާސް ފޮށި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކާ ގުޅިގެން އަތޮޅުތެރެއަށް ފޮނުވަންޖެހޭ ތެކެތި ފޮނުވުމަށް ބޭނުންވާ ފޮށި، މި ޑިޕާޓްމަންޓުން ދޭ މިންގަނޑުތައް ތައްޔާރި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގގެ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

5 ޝައްވާލް 1436

21 ޖުލައި 2015
ހޯދާ