ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
3 ބުރި ޢިމާރާތެއް އެޅުމާ ބެހޭ

އިޢުލާން

3 ބުރި ޢިމާރާތެއް އެޅުމާ ބެހޭ

މި ސްކޫލުގައި 3 ބުރި އިމާރާތެއް އެޅުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS74/2015/09 އިޢުލާނުގައިވާ އެކިއެކި މަޢުލޫމާތު ދިނުމަށް ތާވަލުކުރެވިފައިވާ ބައެއް ދުވަސްތަކަކީ މިހާރު ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ، އެ އިޢުލާން ތިރީގައި މިދަންނަވާ ގޮތަށް އިޞްލާޙު ކުރެވިފައިވާ ވާހަކަ ދެންނީމެވެ. މި ސްކޫލުގައި 3 ބުރި ޢިމާރާތެއް (9 ކްލާސް ރޫމުގައި ފާޚަނާ) އެޅުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގެ ކަޑައެޅިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެން ދެއްވައި މި ސެޝަންތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

03 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 ގައި

ޕްރީބިޑް މީޓިންގ

09 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:30 ގައި

ޕްރީބިޑުގެ ސުވާލުތަކަށް ޖަވާބުދިނުން

13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި

ބިޑް ހުށަހެޅުމާއި ހުޅުވުން

24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 ގައި

މިބައްދަލުވުންތަކުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެއްވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހައިސިއްޔަތުން އެއްފަރާތެވެ. މި ބައްދަލުވުންތަކަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ މަޢުލޫމާތު ފޯމުގައި ކަނޑައެޅިފައިވާ އިންސައްތައިން މާރކްސް ދީގެން އެންމެ މަތީ މާރކްސް ލިބިވަޑައިގަންނަވާ ފަރާތެކެވެ.

އަދި ދަންނަވަމެވެ. ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި މިހާރު ހުރި 2 ކްލާސް ރޫމާއި ކޮންކްރީޓް ފެން ތާނގީ އަދި ކަޅުހަންތައް ބަހައްޓާފައިވާ ބުޑުތައް، ވުޟޫކުރާ ފެން އިސްކުރުބަރި ތަޅައި ތަން ސާފުކޮށް މިހާރު ބޭނުންކުރާ ކަޅުހަން ތާނގީތައް މި ސްކޫލުން ދައްކާ ތަނެއްގައި ބެހެއްޓުމަށް ބޭނުންވާ ބުޑުއަޅައި ތާނގިތައް ބަހައްޓާ ފެންވައިރުކޮށް ކުދީންނަށް ވާރޭފެން ބޭނުން ކުރެވޭގޮތް ހަދައި ދިނުމަކީ މަސައްކަތާ ޙަވާލުވާ ފަރާތުން ކޮށްދޭންޖެހޭ ކަމެއްކަމުގައި ދެންނެވީމެވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6861989 ފޯނާ ގުޅުއްވުން އެދެމެވެ.

6 ޝައްވާލް 1436

22 ޖުލައި 2015
ހޯދާ