އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ހައުސްކީޕަރ

ބޭނުންވާ އަދަދު

5

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 4

ރޭންކް:  SS4

މުސާރަ

މަހަކު -/4340 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް

އެސްޓޭޓް ޑިޕާޓްމަންޓް

ސެކްޝަން

ހައުސްކީޕިންގ ޔުނިޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހައުސްކީޕިންގއިން ފޮޅައި ސާފުކުރުމަށް ހަމަޖައްސާފައިވާ ތަންތަން ފޮޅައި ސާފުކުރުމާއެކު، ހައުސްކީޕިންގއިން ހަމަޖައްސާ އޮފީސް މަސައްކަތް ކުރުން.
  2. އެސްޓޭޓްސް، ފެސިލިޓީސް އެންޑް ސަޕޯޓް ސަރވިސަސްގެ ބެލުމުގެދަށުން ހޮސްޕިިޓަލުން ކުއްޔަށް ހިފާފައިވާ ތަންތަން އެސްޓޭޓުން ފޮޅައި ސާފުކުރުމަށް އަންގައިފި ހިނދެއްގައި އެތަނެއް ފޮޅައި ސާފުކޮށްދިނުން.
  3. ހޮސްޕިޓަލުގައި އުފެދޭ ކުނިބުނި ފަދަ ތަކެތި ނަންތައިލުމުގައި އެސްޓޭޓުން ކަނޑައަޅާ އުޞޫލަކަށް ޢަމަލުކުރުން.
  4. އެސްޓޭޓުން ބަލަހައްޓާ ތަންތަނުގައި ހުންނަ ދޮރުފޮތިފަދަ ތަކެތި ދޮވެ ސާފުކުރުމަށް ލޯންޑްރީއާ ހަވާލުކުުރުމާއި، އެތަކެތި ލޯންޑްރީން ނިމުމުން ގެނެސް އެތަނަކާ ހަވާލުކުރުން.

ތަޢުލީމާއި ތަޖުރިބާ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މި މަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން (މިގޮތުން، މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލޭނެއެވެ.)

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް  

  ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމް

ލޯންޑްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު

4

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް

 އެސްޓޭޓް ޑިޕާޓްމަންޓް

ސެކްޝަން

 ލޯންޑްރީ ޔުނިޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުމާއި، ދޮވުމަށްޓަކައި އެކިވައްތަރު ހުރިނަމަ، އެތަކެތި ވަކިކުރުން. (ކުލަ ތަކެއްޗާއި، ހުދު ތަކެއްޗާއި،  ރަބަރޝީޓް ވަކިކުރުމާއި، ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުމާއި، ބަޔޯހަޒާރޑްގެގޮތުގައި ގެންނަ ތަކެތި ވަކިކުރުން.)

2. ވޯރޑްތަކުން ގެންނަ ތަކެތި ލޯންޑްރީ ރިސިޓްގައި ލިޔެގެން ގެންނަ އަދަދަށް ހުރިތޯ ބެލުމާއި، އެ އަދަދަށް ތަކެތިހުރިނަމަ، އެ ތަކެތި ބަލައިގަނެ، އެ ތަކެތި ގެނައި ގަޑއާއި ތާރީޚާއި، ބަލައިގަތް ފަރާތުގެ ނަންޖެހުމާއި، އިތުރު މައްސަލައެއް ފާހަގަ ކުރެވޭނަމަ، ޑިއުޓީ ސްޕަރވައިޒަރަށް އެންގުން.

3. ބަޔޯހަޒާރޑްގެގޮތުގައި ގެންނަ ތަކެތި އެޅުމަށް ޚާއްޞަކުރެވިފައިވާ ޓޭންކްތަކަށް ކަނޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުމާއި ރަނގަޅަށް ފެންގަނޑުތެރޭ ހާވައި ހެދުން.

4. ބަޔޯހަޒާރޑްގެގޮތުގައި ގެންނަތަކެތި ދޮވުމަށް ޚާއްޞަކުރެވިފައިވާ މެޝިނަކުން އެތަކެތި ދޮވުމާއި، ދޮވެ ނިމި މެޝިނުން ތަކެތި ނަގާއިރު ރަނގަޅަށް ދޮވެވިފައި ހުރިތޯ ޗެކްކުރުމާއި، ރަބަރ ޝީޓްތައް ޓޭންކަށް އަޅައިގެން ދޮވުމަށްފަހު ތަނެއްގައި އަޅައގެން ހިއްކުމާއި، ދޮވެނިމޭތަކެތި ލަސްނުކޮށް ދޮންނަ ސަރހައްދުން ނެރުން.

5. ލޯންޑްރީގެ މެޝިންތަކަށް ތަކެތި އެޅުމުގައި އެ މިޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި، އެތަކެތި ދޮވުމަށް ކަނޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުމާއި، މެޝިނަށް އެކިކެމިކަލްސް އަޅަން ކަނޑައެޅޭ ގަޑިތކުގައި އެ ޑިއުޓީގެ ސްޕަރވައިޒަރެއްގެ އިރުޝާދުގެދަށުން ކެމިކަލްސް އެޅުން.

 

ތަޢުލީމާއި ތަޖުރިބާ

 

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

3. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. (މިގޮތުން، މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލޭނެއެވެ.)

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. މި މަޤާމްތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ  ރިސެޕްޝަން  ކައުންޓަރުން  ލިބެން  ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ www.igmh.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. (ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  9. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)

 ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން

2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން ފެށިގެން މެންދުރުފަހު 14.30 އަށް.

ސުންގަޑި

2015 އޮގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. 2015 އޮގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

- 2015 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335343 ނަންބަރު ފޯނަށް ނުވަތަ 3335234 ނަންބަރު ފޯނަށެވެ.

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ