މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

އިޢުލާން

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

2462/25 ރުފިޔާ

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާރޒް

މަޤާމުގެ ޝަރުޠުތައް:

 

  • މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ކައުންސިލުގެ ފަރާތުން ބާއްވާ ނިއުސްކޮންފަރެންސްތަކާއި ޕަބްލިކް ރިލޭޝަންސް އިވެންޓްތަކުގެ އިންތިޒާމް ހަމަޖެއްސުން.
  • ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުމާއި މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި މައްސަލަ ބަލާ މަޖިލީހުގެ އިންތިޒާމު ހަމަޖެއްސުން. އަދި އެމައްސަލަތަކާ ގުޅޭގޮތުން ކަންކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާ އެންގުންތައް ޑްރާފްޓް ކުރުވުން.
  • ކައުންސިލުން ނެރޭ ނޫސްބަޔާން، ދެންނެވުން އަދި ސާކިއުލާރ ފަދަ ތަކެތި ތައްޔާރު ކުރުމުގައި އެހީތެރިވެދިނުމާއި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ކައުންސިލްގެ ޚަބަރުތައް ތައްޔާރުކުރުވުން.
  • ކައުންސިލުގެ ޖަލްސާތަކުގެ އެޖެންޑާއާއި، ޔައުމިއްޔާއާއި، ނިންމުންތަކާއި އަދި ހާޒިރީ ރިޕޯޓު ސެކްޝަނުގެ މުވައްޒަފުންނާ ގުޅިގެން ރާވާ ތައްޔާރުކުރުވުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެޖެންސީތަކާ ގުޅިގެން ހިންގާ އެކިއެކި ޓްރޭނިންގތަކާ ގުޅުންހުރި ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ރިޕޯޓު ތައްޔާރުކުރުވުން.
  • މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފަންނީ ހުނަރުވެރިކަން ހޯދުމަށް ޤައުމުން ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ އެކިއެކި ފަރާތްތަކާ ގުޅައިގެން އެފުރުޞަތު ހޯދައި ދިނުމަށް ކައުންސިލުގެ ލަފާގެ މަތިން މަސައްކަތް ކުރުން.
  • ބޭރުގެ ޖަމާއަތްތަކާ އެކިއެކި ފަރާތްތަކާއި މިކައުންސިލާއި ގުޅުވައި ދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • މުވައްޒަފުން ސިވިލްސަރވިސް ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރަމުންދޭތޯ ބެލުމާއި އެފަދައިން ޢަމަލު ނުކުރާ ފަރާތްތަކާމެދު ގަވާއިދު ތަންދޭ މިންގަނޑުގެ ދަށުން ޒިންމާދާރު އިސްވެރިޔާގެ ލަފާގެމަތިން ފިޔަވަޅުއެޅުން.
  • ކައުންސިލުގެ ކޮމެޓީތަކުގެ ޖަލްސާތަކުގެ އިންތިޒާމް ހަމަޖައްސައި އެ ޖަލްސާތަކުގެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސައްކަތްތައް ސެކްޝަނުގެ އެހެނިހެން މުވައްޒަފުންނާ ގުޅިގެން ރާވައި ހިންގުން.
  • ސެކްޝަންގެ މަސައްކަތްތަކުގެ ތެރެއިން އަހަރީ ރިޕޯޓަށާއި ލަފާކުރާ ބަޖެޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ތައްޔާރުކުރުން.
  • މީޑިއާގެ މިނިވަންކަމަށާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ހިންގާ ކަންކަން ބަލައި ކައުންސިލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި މީޑިއާ އާ ގުޅުންހުރި ހިނގާ ހާދިސާތަކުގެ ރިކޯޑު ބެލެހެއްޓުން.
  • މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޤާނޫނާއި ގަވާއިދު ތަންދޭ ގޮތުގެ މަތިން ކައުންސިލުގެ އިސްވެރިންނާއި އަދި ކައުންސިލުގެ ރިޔާސަތުންނާއި މެމްބަރުން ޙަވާލުކުރާ އެންމެހައި މަސައްކަތް ކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން އެންމަތީ މާކްސް ހޯދާ ފަރާތެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމު ފޮނުވަންވީ ތާރީޚާއި ތަން:

2015 އޮގަސްޓް 06 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނުކުރުން އޮގަސްޓު 09 އާއި 13  އާ ދޭތެރޭގައި މިކައުންސިލުގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މި ކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1436 

16 ޖުލައި 2015
ހޯދާ