މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
30 ކޮމްޕިއުޓަރ ސިސްޓަމް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މިނިސްޓްރީއަށް 30 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/117 (19 މޭ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ އެއްވެސް ފަރާތަކުން މިނިސްޓްރީން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިނިސްޓްރީއަށް 30 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 10 ވާ ހޯމަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ރަމަޟާން 1436       

16 ޖުލައި 2015
ހޯދާ