ދިވެހިރާއްޖެ
އިޢުލާނު
އިންވެންޓްރީ ސޮފްޓުވެއަރ ހޯދުމަށް ބޭނުންވެއްޖެ
މިނިސްޓްރީއަށް އިންވެންޓްރީ ސޮފްޓުވެއަރއެއް ހޯދުމަށް ކުރި ނަންބަރު:(IUL)22-PU/1/2015/176 ގެ އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިންފަރާތް ހަމަނުވާތީ، އެ އިޢުލާނު ބާތިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
22 ޖުލައި 2015 (ބުދަ) ދުވަހުގެ 11:00 އަށް |
29 ޖުލައި 2015 (ބުދަ) ދުވަހުގެ11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނަށެވެ.
27 ރަމަޟާން 1436