ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނަކު ހޯދުމާ ބެހޭ

ތަރުޖަމާނަކު ހޯދުމާ ބެހޭ:

ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ޗައިނާ (މެންޑްރިން) ބަހާއި، މެލޭޝިއާ (ބަހާސާ މެލާޔޫ) ބަސް ތަރުޖަމާކޮށްދިނުމަށް ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ބޭނުންވެއެވެ.

  • ތަރުޖަމާކުރާ ބަސް ރަނގަޅަށް އެނގުން
  • ދިވެހިބަހުން ލިޔެފައިވާ ތަކެތި ކިޔަން އެނގުން
  • ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން އެނގުން

ވީމާ، ޗައިނާ (މެންޑްރިން) ބަހާއި، މެލޭޝިއާ (ބަހާސާ މެލާޔޫ) ބަސް ތަރުޖަމާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2015 ވަނަ ދުވަހުގެ 12:00ގެ ކުރިން ފޯނު ނަންބަރު އެނގޭގޮތަށް ލިޔުމަކުން ކުރިމިނަލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ ލިޔުމާއެކު ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ހުށަހެޅުއްވުން އެދެމެވެ.

28 ރަމަޟާން 1436  

15 ޖުލައި 2015
ހޯދާ