ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު: A)CA-2015/173) (ތާރީޚު:2015 ޖުލައި 6) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ. 2015 އޮގަސްޓު 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް، މާލޭގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ 2 ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުން، ހދ. ނައިވާދޫ މީހުންނާއި، ނ. ހެނބަދޫ މީހުން ވޯޓުލުމަށް މާލޭގައި ބެހެއްޓުމަށް ހަމަޖެއްސި B01.0.1 (ހދ. ނައިވާދޫ، މާލެ -1) ނަންބަރު ވޯޓުފޮށި ނުބަހައްޓާގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެހެންކަމުން ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް، މިހާރު މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށީގެ މަޢުލޫމާތު ތިރީގައި މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
މާލެ ދަރުމަވަންތަ ސްކޫލު ހޯލުގައި |
މި ފޮށްޓަށް ވޯޓުލާނީ ހއ. ދިއްދޫ މީހުންނާއި ހދ. ނައިވާދޫ މީހުންނާއި، ނ. ހެނބަދޫ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
ހއ. ދިއްދޫ، މާލެ -1 |
A04.0.1 |
1 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނު ކުރަމެވެ.
28 ރަމަޟާން 1436