ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
8 ކްލާސް ރޫމް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނޫރާނީ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 8 ކްލާސް ރޫމް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޫރާނީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

2 އޮގަސްޓު 2015 ވާ އާދީއްތަދުވަހު މެންދުރުފަހު 13.00 ގައި ނޫރާނީ ސްކޫލްގައި

މަޢުލޫމާތު ދިނުން

9 އޮގަސްޓު 2015 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 13.00 ގައި ނޫރާނީ ސްކޫލްގައި

އަންދާސީހިސާބު ހުށަހެޅުން

 

މަޢުލޫމާތު  ސާފުކުރެއްވުމަށް  ވަޑައިނުގަންނަވާ  ފަރާތްތަކުގެ  އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ