ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް-2

އަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

9412.00 ރުފިޔާ (ނުވަ ހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

 

  • ސަރވިސް އެލަވަންސް: 3000.00 (ތިން ހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ލިވިންގ އެލަވަންސް: 2550.00 (ދެ ހާސް ފަސް ސަތޭކަ ފަންސާސް ރުފިޔާ) 
  • ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.
  • ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔުމުގައި މެޖިސްޓްރޭޓަށް އެހީތެރިވެދީ އެފަދަ ރިޕޯޓުތައް މެޖިސްޓްރޭޓް ލަފާގެމަތިން ލިޔެ،ފައިލްކޮށް ބެލެހެއްޓުން
  • އެކިއެކި ކޯޓުތަކުން ބަޔާން ނެގުމުށް ފޮނުވާ މެސެޖްތަކާގުޅިގެން ނަގަންޖެހޭ ބަޔާންތައް ނެގުމާއި، އެބަޔާންތައް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  • ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުން ބޭނުންފުޅުވާ ޝަރުޢީ ދިރާސާ ކުރުމުގައި އެހީތެރިވެދިނުން.
  • ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓު ތައްޔާރު ކުރުމަށްފަހު، ސްޕްރީމްކޯޓުން ކަނޑައަޅުއްވާފައިވާ އުސޫލާއެއްގޮތަށް ސްޕްރީމްކޯޓަށް ފޮނުވުން.
  • ޖުޑީޝަލް ދާއިރާގެ ތަފާސްހިސާބު ވ.ޖުޑީޝަލްދާއިރާގެ އިސްމެޖިސްޓްރޭޓުގެ ލަފާގެމަތިން ތައްޔާރު ކުރުމަށްފަހު، ކޮންމެ މީލާދީ މަހެއްގެ 11 ގެ ކުރިން ޑިޕާޓްމަންޓަށް ފޮނުވުން.
  • ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓު ތައްޔާރު ކުރުމަށްފަހު، ކޮންމެ މީލާދީ މަހެއްގެ 11 ކުރިން ދާއިރާގެ އިސްމެޖިސްޓްރޭޓަށް ހުށަހެޅުން.
  • ހަވާލުކުރެވޭ މައްސަލަތަކާ ގުޅިގެން ތައްޔާ ރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި މައްސަލަތަކުގެ ފައިތައް ބެލެހެއްޓުން
  • ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ކައިވެނީގެ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • މެޖިސްޓްރޭޓުން ދާއިރާގެ ކޯޓުތަކަށް ކުރައްވާ ދަތުރުތަކުގެ އިންތިޒާމު ބެލެހެއްޓުމާއި، ދަތުރު ރިޕޯޓު ތައްޔާރުކުރުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  • އެކިކަންކަމާ ގުޅިގެން ހެދޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި އުސޫލުތައް އެއްތަނަކުން ފަސޭހައިން ފެންނާނެ އިންތިޒާމެއް ޤާއިމުކޮށް ބެލެހެއްޓުމާއެކު، ޤާނޫނާއި ގަވާއިދުތަކަށާއި އުސޫލުތަކަށް އަންނަ ބަދަލުތަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަދި އެފަދަ ބަދަލުތަކުގެ މަޢުލޫމާތު ދާއިރާގެ މެޖިސްޓްރޭޓުންނާ ހިއްސާކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ވަނަވަރު (ސީ.ވީ)
ސުންގަޑި:  30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00

އެހެނިހެން މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

16 ޖުލައި 2015
ހޯދާ