ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

ރޭންކް:

ޖީ. އެސް 3

ޢަދަދު:

01 ( އެކެއް )

މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

4465.00 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަށް ފަސްރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް: 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
  • ލިވިންގ އެލަވަންސް: 2550.00 ( ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު  ޤާބިލުކަން ޘާބިތުކޮށްދިނުމާއެކު، ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށްދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓްކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ މަސައްކަތްތަކާގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓްކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާ ބެހޭ އެންމެހާ ކަންކަންކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު (ސީ.ވީ)
 ސުންގަޑި: 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00

އެހެނިހެން މަޢުލޫމާތު:

މި މަޤާމަށް މީހަކު ހޮވުމުގައި، ރަށްރަށުގެ ކޮމްޕިއުޓަރާއި ނެޓްވޯކް އަދި މެޝިނަރީއާއި އިކްވިޕްމަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އެރަށްރަށަށް ދެވޭނެ ފަރާތްތަކަށާއި ކޮންޕިއުޓަރު މަރާމާތުކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުންނާއި، ޑިޕާޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

16 ޖުލައި 2015
ހޯދާ