މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ އަދި ހާރޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަސިކުޑާ ވޯލްޑް ޕްރޮޖެކްޓަށް ބޭނުންވާ ސޮފްޓްވެއަރއާއި ހާޑްވެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ،  މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތްތަކަށް ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ 3 ލޮޓަކަށް ބަހައިލައިގެންނެވެ. އަދި މި މަސައްކަތައް ބީލަން ހުށަހަޅާއިރު ވަކި ވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓަކަށްވެސް އަގު ހުށަހެޅިދާނެއެވެ.

ލޮޓު 1- ސެކިއުރިޓީ އެންޑް ނެޓްވޯކިން

ލޮޓް 2- ސައިޓް ޓު ސައިޓް ކަނެކްޓިވިޓީ އަޕްގްރޭޑް

ލޮޓް 3- ޑޭޓާ ސެންޓަރ މެއިންޓަނެންސް އެންޑް އަޕްގްރޭޑް ވޯކްސް

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 ޖުލައި 2015 އިން 05 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮގަސްޓު 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 އޮގަސްޓް 09 އާދީއްތަ ދުވަހުގެ 1400ގެ ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30،000 (ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމްންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349125، 3349106

ފެކްސް: 3320706، 3324432                                                                               

އީމެއިލް: [email protected] /[email protected]

27 ރަމަޟާން 1436

14 ޖުލައި 2015
ހޯދާ