ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ފާޚާނާއެއް ހަދަން ބޭނުންވެއްޖެ

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ. 

މި ސުކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް މިސުކޫލުގައި ސުޓާފް ފާޚާނާއެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖުލައި 2015 ވާ ހޯމަދުވަހުގެ މެންދުރުފަހު 13:00 އަށް މިސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު   30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް މިސުކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކުން އެކަން އަންގަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި "ސުޓާފް ފާޚާނާ ހެދުމާބެހޭ" މިހެން ޖައްސަވާފައި އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

      29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ