އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

01  (އެކެއް)

ސެކްޝަން:

ކޮމިޝަނަރސް ބިޔުރޯ

ބޭސިކް މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތްއަދި މުއްދަތު:

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) (މުވައްޒަފުގެ ޚިިދުމަތް ކޮމިޝަނަށް އިތުރަށް ބޭނުންވާނަމަ މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އެޑްވާންސް ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ޖީ.ސީ.އީ އެޑްވާންސް ލެވެލް "އިނގިރޭސި" ނުވަތަ "ސީ.ޕީ.އީ" އިމްތިހާނުން ދަށްވެގެން "ސީީ" ގްރޭޑް ލިބިފައިވުން.
  • ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  • ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

އެހެނިހެން ޝަރުޠު:

  • މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމުތައް ބޭނުންކުރަން އެނގުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ޤާބިލުކަން ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
  • ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކޮމިޝަނުގެ ރަސްމީ ޖަލްސާތަކާއި، އިންތިޚާބުތަކާބެހޭ ޚާއްޞަ ޖަލްސާތަކާއި، ކޮމިޝަނުގެ ކުއްލި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން
  • ކޮމިޝަން މެންބަރުންގެ އެޕޮއިންޓްމަންޓްތައް ބިއުރޯގެ ވެރިޔާ އަންގަވާގޮތެއްގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން
  • ކޮމިޝަން މެންބަރުންގެ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުން
  • ސެކްޝަންތަކާއި މުވައްޒަފުންނަށް ސެކްރެޓަރީ ޖެނެރަލް ބޭނުންވާ ކަންކަން އެންގުން.
  • ސަރުކާރުގެ އެކިއެކި އޮފީސްތަކުންނާއި އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާއަތްތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ބިޔުރޯއަށް އަންނަ ސިޓީތަކަށް ސެކްރެޓަރީ ޖެނެރަލް އަންގަވާ ގޮތެއްގެ މަތިން ޖަވާބުދީ ފައިލްކޮށް ބެލެހެއްޓުން.
  • މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ބަލައި، އެކަންކަމުގެ މަޢުލޫމާތު މެމްބަރުންނަށް އެރުވުން.
  • ސެކްރެޓަރީ ޖެނެރަލް އާއި މެމްބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮމިޝަން ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން. އަދި ބައްދަލުވުންތަކުގެ ރެކޯޑިންގތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ. (ޖީ.ސީ.އީ އޭލެވެލް، ޖީ.ސީ.އީ އޯލެވެލް، އެސް.އެސް.ސީ، އަދި އެޗް.އެސް.އެސް.ސީ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.)
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.
  • ވަޒީފާގައި އުޅޭނަމަ ނުވަތަ އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

  • މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.
  • ތަޢުލީމަށް މާކްސްދޭއިރު ބެލެވޭނީ ހަމައެކަނި ޝަރުޠު 1 ގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތަކަށެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ޞައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

25 ރަމަޟާން 1436

12 ޖުލައި 2015
ހޯދާ