ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕްރޮގްރާމް– ސެޕްޓެންބަރު 2015ގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު

ސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕްރޮގްރާމް– ސެޕްޓެންބަރު 2015ގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް(އިންސެފް)އާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން، ކުރިއަށްގެންދާ މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ޕްރޮގްރާމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕްރޮގްރާމް

ޕްރޮގްރާމް

30 ކުދިން

ޖާގަ

ބްލެންޑެޑް ލާރނިންގ (އޮންލައިން އަދި ފޭސް- ޓް- ފޭސް ކްލާސްތައް)

ކިޔަވައިދޭގޮތް

ސެޕްޓެންބަރު 2015

އިންޓޭކް

21 އޮގަސްޓް 2015

އެޕްލިކޭޝަން ސުންގަޑި

ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ސީ.އައި.އެސް)

ކިޔަވައިދޭ މަރުކަޒު

މިޕްރޮގްރާމްއަށް ޝަރުޠުހަމަވާ ފަރާތްތަކުން http://apply.inceif.org/online-application?branch=CMDA ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv/education-and-training/mifp/ ންނާއި އަދި މިއޮތޯރިޓީގެ ނަންބަރު 3014112/ 3014103 ފޯނާ ގުޅުންވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

27 ރަމަޟާން 1436

14 ޖުލައި 2015
ހޯދާ