ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ހދ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއޮފީހުގެ ހދ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ޖުލައި 22 ވާ ބުދަ ދުވަހުގެ 11:00 އަށް ހދ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޯގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ހދ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ހދ. އަތޮޅު ގޮފި ހިނގަމުންދަނީ ހެމްލިން، ހދ. ކުޅުދުއްފުށީގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3000655 ފޯނާއި، ނުވަތަ ހދ. އަތޮޅު ގޮފީގެ ނަންބަރ 6528250 ފޯނާ ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ