މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މިނިވަންކަމަށް 50 ގެ ފޮޓޯ މަޢުރަޒާބެހޭ

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ވުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފޮޓޯ މައުރަޒެއް ބޭއްވުމަށް  ކުރެވިފައިވާ ނަންބަރު: (IUL) 25-A2/1/2015) (ތާރީޚު 14 ޖޫން2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑު ކަމަށް ފެންނާތީ، މި އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ބާޠިލުކޮށް، ފޮޓޯ މައުރަޒުގައި ބޭނުންކުރެވޭ ފޮޓޯތައް މި މިނިސްޓްރީގެ ލަފާގެ މަތިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަންތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖުލައި 22 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 2 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރ ފޯނާއެވެ.

27 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ