މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމެޓީއަށް އާރކިޓެކްޗަރަލް ޗެކަރ އަދި ސްޓްރަކްޗަރަލް ޗެކަރ ހޯދުމަށް

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ، މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކާ ގުޅޭގޮތުން މި މިނިސްޓްރީއަށް ހުށަހެޅޭ އެކިއެކި މައްސަލަތައް ބެލުމަށްޓަކައި އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމެޓީއެއް އެކުލަވައިލަން ބޭނުންވެއެވެ. މި ކޮމެޓީގައި 1 އާރކިޓެކްޗަރަލް ޗެކަރ އަދި 1 ސްޓްރަކްޗަރަލް ޗެކަރ ހިމަނަން ބޭނުންވެއެވެ.

ވީމާ، މިކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅުވާ އާރކިޓެކްޗަރަލް ޗެކަރުންނާއި ސްޓްރަކްޗަރަލް ޗެކަރުން 21 ޖުލައި 2015 (އަންގާރަ) ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] އަށް ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ނަންބަރު އެނގޭނެހެން މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ، މިއިން ކޮންމެ ދާއިރާއަކުން އެކަކަށްވުރެން ގިނަ ފަރާތްތަކުން ހުށަހަޅުއްވާފައިވާނަމަ ބޭފުޅަކު ހޮވާނީ ވޯޓު ދީގެން އެންމެގިނަ ވޯޓު ލިބޭފަރާތެއް ކަމުގައިވެސް ދެންނެވީމެވެ.

                25 ރަމަޟާން 1436ޙ

12 ޖުލައި 2015
ހޯދާ