ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީ-އިންޑިއާ (ފުލް އަދި ހާފް ސްކޮލަރޝިޕް ) 2015

ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީ-އިންޑިއާ (ފުލް އަދި ހާފް ސްކޮލަރޝިޕް ) 2015

މިއީ 1 ޖުލައި 2015 ގައި މި ޑިޕާޓްމަންޓުން ކުރެވުނު އިޢުލާން ނަންބަރު:IUL)166-Schol/166/2015/83އަށް އެކަށީގެންވާ  އަދަދަކަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން ކޮށްފައިވާ އިޢުލާނެކެވެ.

 

ޤައުމު: އިންޑިއާ

ކޯހުގެ އަދަދާއި ލެވެލް 1  ބެޗްލަރސް ޑިގްރީ  ފުލް ސްކޮލަރޝިޕް

             1  ބެޗްލަރސް ޑިގްރީ  ހާފް ސްކޮލަރޝިޕް

             1  މާސްޓަރސް ޑިގްރީ ހާފް ސްކޮލަރޝިޕް

ބެޗްލަރސް ޑިގްރީ:

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި

ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 2 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ. އަދި

ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިހާނުގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި

މާސްޓަރސް ޑިގްރީ:

1. ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. (އެޕްލައި ކުރަން ބޭނުންވާ ދާއިރާއަކާގުޅޭ ދާއިރާއަކުން) އަދި

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުތުތައްވެސް ފުރިހަމަ ވާންވާނެއެވެ.

1. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމް ޙާޞިލްކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 21 ޖުލައި 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

  ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

  ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

  ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

  ރ. އަމިއްލަ ގޮތުން ތަޢުލީމް ހާސިލްކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުތު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތަކަށް  ފުރުޞަތު ލިބޭނީ މިއިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ހާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"  ގެ ދަށުންނެއެވެ.

ކޯހުގެ ޝަރުތުތައް:

  • މިއީ ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީގެ ފަރާތުން ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދެއްވާފައިވާ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ފުރުޞަތު ލިބޭ ކޯސްތައް އެނގޭނެ ލިސްޓެއް މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ. މި ލިސްޓުގައިވާ ކޯސްތަކުގެ ތެރެއިން މެޑިސިން އަދި ޑެންޓިސްޓްރީގެ ދާއިރާގެ ކޯސް ނޫން އެހެން ހުރިހާ ކޯހަކަށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.
  • ބެޗްލަރސް ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
  • މާސްޓަރސް ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބެޗްލަރސް ޑިގްރީ ނިންމުމަށްފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް ބެލެވޭނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަން އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޑިޕްލޮމާ/ބެޗްލާރސްޑިގްރީ ހާސިލްކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މި ޑިޕާރޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕރާޓްމަންޓުން ބަލަމުން ގެންދާ އުޞޫލުގެ މަތިންނެވެ. މި ޑިޕާރޓްމަންޓުން ޕޮއިންޓް ދޭ ގޮތް މި ޑިޕާރޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތައް (ޑިޕްލޮމާ އަދި އެއަށް ވުރެ މަތީ) ވާން ޖެހޭނީ MQA އިން ވެލިޑޭޓް ކުރެވިފައެވެ.  އަދި ބެޗްލާރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް އެކްރިޑިޓޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • މި ފުރުޞަތުތަކުގެ ތެރެއިން 1 ފުލް ސްކޮލަރޝިޕް އަދި 2 ހާފް ސްކޮލަރޝިޕްގެ ފުރުޞަތު ދިނުމަށް  ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީގެ ފަރާތުން ވަނީ ނިންމާފައެވެ. ހާފް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން އަހަރަކަށް %50 ސްކޮލަރޝިޕް ފީގެ ގޮތުގައި 2,600.00USD ޚަރަދުކުރަންޖެހޭކަމަށްވެސް މި ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވާފައިވާ ފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުތެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ  ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ހާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތައުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓު ކުރުމާބެހޭ އުޞޫލް" ގެ ދަށުން ބްލެކްލިސްޓު ކުރެވޭނެއެވެ.
  • މި ސްކީމްގެ ދަށުން ސްކޮލަރޝިޕް ލިބޭ ކޯހާ ބެހޭ މަޢުލޫމާތާއި، އެ ކޯހަކަށް ހުށަހަޅަންޖެހޭ ލިޔުންތައް އެޓެސްޓް (އެޓެސްޓެޑް ލިޔުންތަކުގެ އަސްލު) ކުރުމަށް ފަހު ޔުނިވަރސިޓީގެ އެޕްލިކޭޝަންގައި ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވާފައިވާ ފަރާތުން ހާމަކުރައްވާފައިވާ ގޮތުގައި ފުލް ސްކޮލަރޝިޕަށް ކުރިމަތިލާންވާނީ މަތީތަޢުލީމް ހާސިލްކުރުމަށް މާލީ ގޮތުން ތަނަވަސްކަން ނެތް ފަރާތްތަކުންނެވެ.
  • މި ސްކޮލަރޝިޕާ ބެހޭ އިތުރު މަޢުލޫމާތު "ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީ"ގެ ވެބްސައިޓް: www.kiit.ac.in އިން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުށަހެޅޭ ކޯސްތަކާ ބެހޭ މަޢުލޫމާތާއި، މި ސްކޮލަރޝިޕާ ބެހޭ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓު، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި ޑިޕާޓްމަންޓްގެ އެޕްލިކޭޝަން ފޯމް.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚުތިޔާރު މި ޑިޕާރޓްމަންޓަށް ލިބިގެންވެއެވެ.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ޙާޞިލްކުރުމަށް އެހީ ލިބުމަށްފަހު ޝަރުތުގައި ބާޔާންކޮށްފައިވާ މުއްދަތަށް 21 ޖުލައި 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ޙާޞިލްކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަޞްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަޞްލު.
  • ސީވީ.
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 21 ޖުލައި 2015 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ/ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށްލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 10.15 އިން މެންދުރުފަހު 13.30 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާރޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ.

08 ޖުލައި 2015
ހޯދާ