ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑްރައިވަރ (ލާންޗް)

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް ޑްރައިވަރ (ލާންޗް)

އަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 12 މަސްދުވަސް

އަސާސީ މުސާރަ: 4,000.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: ވާލި ލާންޗް

އެހެނިހެން އިނާޔަތްތައް:

  • ކޮންޓްރެކްޓް އެލަވަންސް: 800.00 ރުފިޔާ
  • ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: 350.00 ރުފިޔާ
  • ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުން ހަމަޖައްސައި ދެވޭނެއެވެ.

މަޤާމްމުގެ މަސްއޫލިއްޔަތު:

  • ލާންޗްގެ ހުރިހާ ކަމެއް ބެލެހެއްޓުން
  • ފަޅުވެރިންގެ ކަންތަށް ބެލެހެއްޓުން
  • ކުންފުނިން އަންގާގޮތަށް ދަތުރު ކޮށްދިނުން

ތަޢުލީމާއި ތަޖުރިބާ:

  • 'ސީ' ކެޓެގަރީ ޑްރައިވިންގ ލައިސެންސް އޮތުމާއެކު، ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމީ ފެންވަރުހުރި މީހަކު ކަމުގައިވުން
  • މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހު ތަޖުރިބާހުރި މީހެއްކަމުގައިވުން 

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް
  • ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
  • ފޯން: 3344272، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com
12 ޖުލައި 2015
ހޯދާ