މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފައިބަރު ގްލާސް ޓޭންކް އަދި ބައެއް އެހެނިހެން ސާމާނު ސަޕްލައިކޮށްދިނުން އިޢުލާން IUL)30-G/1/2015/77)އާ ގުޅޭ 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓްއާ ގުޅިންގެން ކުރިއަށްގެންދާ "މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ހުޅުލޭގައި ހެދުމަށް ހަމަޖެހިފައިވާ

ކަރަންޓީން ފެސިލިޓީއާއި މަނިޔަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހެޗަރީއަށް ފައިބަރު ގްލާސް ޓޭންކް އަދި ބައެއް އެހެނިހެން ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން 08 ޖޫން 2015ގައި ކުރެވުނު އިޢުލާން IUL)30-G/1/2015/77)އާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް ބަޖެޓަށްވުރެ ބޮޑުވުމާ ގުޅިގެން އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2015 ދުވަހުގެ 11:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ. އަދި 23 ޖުލައި 2015 ވަނަ ދުވަހުގެ 11:00އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގައެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.     

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ