މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވޯޓަރ ޕްރޫފް އައުޓްޑޯރ ލެޑް ފޮޓޯ ފްރޭމެއް ވިއްކާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް ވޯޓަރ ޕްރޫފް އައުޓްޑޯރ ލެޑް ފޮޓޯ ފްރޭމެއް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)25-A2/1/2015/43) (ތާރީޚު:30 ޖޫން 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ތިން ފަރާތަށްވުރެ މަދުން ކަމުގައިވާތީ އަލުން އެ ބީލަން ހުޅުވާލަމެވެ.

ވީމާ، މި ފްރޭމް ހައްދަވައިދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 1130 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 1400 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.   

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ