މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކ. ހިންމަފުށި، ހދ. ނޮޅިވަރަމްފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމާބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު                            

ޓެކްނިކަލް އެސިސްޓެންޓް އޮފް ސްވަރޭޖް ފެސިލިޓީސް އިން ފައިވް (05) އައިލެންޑްސް، ދިވެހިރާއްޖެ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ލޯން އެހީގައި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) ގެ ފަރާތުން ކ. ހިންމަފުށި، ހދ. ނޮޅިވަރަމްފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަޝްރޫޢުގެ މަސައްކަތައް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރާވައި ހިންގުމަށްޓަކައި ޓެކްނިކަލް އެސިސްޓަންޓެއް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  • ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ސައިޓްތަކަށް ޒިޔާރާތްކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއި އެކު ކަމާ ގުޅޭ ލަފާ ދިނުން.
  • ރަށްރަށުގައި ޤާއިމް ކުރެވޭ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންގކޮށް މަޝްރޫޢުތަކުގެ ބިޑިންގ ޑޮކިއުމަންޓާއި ކޮންޓްރެކްޓް ޑޮކިއުމަންޓް ތައްޔާރު ކުރުމާއެކު، ކަމާ ގުޅޭ ރިޕޯޓުތައް އެކުލަވައިލުން.
  • ފީސިބިލިޓީ އެސެސްމަންޓާއި ސްކޯޕިންގ ހެދުމުގައި ބޭނުންވާ ފަންނީ ލަފާ ދިނުން.
  • ސައިޓް ވިޒިޓާއި ސާރވޭ ދަތުރުތަކުގައި މުވައްޒަފުންނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.
  • މަޝްރޫޢުގެ ޓެންޑަރިންގއާއި ޕްރޮކިއުމަންޓް އަދި ކޮންޓްރެކްޓް ނެގޯސިއޭޝަންގެ މަރުޙަލާގައި ބޭނުންވާ ލަފާ ދިނުން.
  • ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވެއްޖެ ހިނދެއްގައި މަޝްރޫޢާއި ގުޅިގެން، ހުށަހަޅަން ޖެހޭ ފައިނޭންޝިއަލް ޕްލޭންއާއި ޕްރޮޖެކްޓް އެކްޓިވިޓީ ތައްޔާރު ކުރުމުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށް ދިނުން.
  • ޕްރޮޖެކްޓާ ގުޅިގެން ތައްޔާރު ކުރެވޭ ރިޕޯޓްތަކާއި ލިޔެ ކިޔުންތައް ރިވިއުކޮށް އިވެލުވޭޓް ކުރުން.
  • މަޝްރޫޢުއާ ގުޅިގެން ކުރިއަށްދާ ރިވިއު މިޝަންތަކުގައާއި ކޮމެޓީ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީންނާއި އަދި އެހީދޭ ފަރާތްތަކަށް ބޭނުންވެލައްވާ ރިޕޯޓް (ވާރކް ޕްލޭން، ޕްރޮޖެކްޓް ރިވިއު ރިޕޯޓް، ޕްރޮގްރެސް ރިޕޯޓް، ކްއަރޓަލީ ރިޕޯޓް) ފަދަ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި ޕްރޮޖެކްޓް މެނޭޖްމަންޓަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އެންޑް އެނަރޖީއިން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޕްރޮޕޯސަލްއާއި ކޮންސެޕްޓް ޑިޒައިންގ ތައްޔާރު ކުރުމުގައި ބޭނުންވާ އިރުޝާދާއި ލަފާ ދިނުން.
  • ޕްރޮޖެކްޓް މެނޭޖަރގެ ފެންވަރަށް ސެކްޓަރގެ ދެ މުވައްޒަފަކު ތަމްރީން ކުރުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކަމާ ގުޅުންހުރި މުވައްޒަފުނަށް ޕްރޮޖެކްޓާ ގުޅޭ ގޮތުން ދޭންޖެހޭ އޮރިއެންޓޭޝަންއާއި ޓްރެއިނިންގ ވާރކްޝޮޕްތައް އިންތިޒާމްކޮށް ރާވައި ހިންގުން.
  • ޕްރޮޖެކްޓް އިވެލުވޭޓްކޮށް މޮނިޓަރ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • ކޮންޓްރެކްޓަރުން ހުށަހަޅާ އޮޕަރޭޝަން އެންޑް މެއިންޓަރނަންސް މެނުއަލް ރިވިއުކޮށް ބަދަލެއް ގެންނަށް ޖެހިއްޖެ ހިނދެއްގައި ބޭނުންވާ އިރުޝާދު ދިނުން.
  • މީގެ އިތުރުން ވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ޒިންމާދާރު ގޮތެއްގައި ފޯރުކޮށް ދިނުން.

 ޝަރުޠު:

  • ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ވޯޓަރ ސަޕްލައި އެންޑް ސެނިޓޭޝަން އިލެކްޓިވް ސަބްޖެކްޓްސް) ގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
  • ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންގ ކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގައި މަދުވެގެން 15 (ފަނަރަ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކުގެ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • ރަށްފުށުގެ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތްކޮށްފައި ވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި ބެލެވިގެންދާނެ ކަމެއް.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް އަދި ފެނާއި ނަރުދަމާގެ ޑިޒައިންގ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުން.
  • ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯޝިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި ބެލެވިގެންދާނެ ކަމެއް.  

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއިކުރެވޭނީ  1 (އެކެއް) އަހަރު ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ބޭނުންވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ. 

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.      

  • ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއެކު ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު އަދި ޓީ.އޯ.އާރ ގައި ބަޔާން ކުރެވިފައިވާ ގޮތަށް "ފައިނޭންޝިއަލް ޕްރޮޕޯސަލް 30 ޖުލައި 2015  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުން އެދެމެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން:3349125 ،3349101،

ފެކްސް:3320706 ،3324432،

އީމެއިލް:[email protected]

ކޮޕީ: [email protected]

08 ޖުލައި 2015
ހޯދާ