ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ބ. އޭދަފުށީ ކޮމްޕްލެކްސް ގެ 2 ވަނަ ފަންގިފިލާގައިހުރި ތަނެއް ކުއްޔަށް ދިނުމާބެހޭ

އެސްޓީއޯ ބ. އޭދަފުށީ ކޮމްޕްލެކްސް ގެ 2 ވަނަ ފަންގިފިލާގެ އޮފީސް ހިންގުމަށް ހަދާފައިވާ ބްލޮކެއް ކުއްޔަށް ދޭން ބޭނުންވެއެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެސްޓީއޯ ޕލކ ހެޑް އޮފީހަށް ނުވަތަ އެސްޓީއޯ ބ. އޭދަފުށީ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އެސްޓީއޯ ބ. އޭދަފުށީ ފިހާރައަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

21 ރަމަޟާން 1436

08 ޖުލައި 2015
ހޯދާ