ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާދިއްފުށީ ރައްޔިތުންގެ ''ނިޢުމަތް'' ދޯނި ބީލަން އުޞޫލުން ކުއްޔަށް ދިނުމާބެހޭ

ގާދިއްފުށީ ރައްޔިތުންގެ ރ. ނަންބަރު: G1044B-01 09-N ފައިބަރ 85 ފޫޓުގެ ''ނިޢުމަތް'' މަސްދޯނި ބީލަން އުޞޫލުން ކުއްޔަށް ހިފާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ދޯނި ކުއްޔަށް ހިފުމަށް އަގު ހުށަހަޅާއިރު ހުށަހެޅޭނެ އެންމެ ދަށްއަގަކީ މަހަކަށް -/20000ރ (ވިހިހާސްރުފިޔާ) އެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެރަނގަޅު ޕްރޮޕޯސަލް ކަނޑައަޅާނީ، ހުރިހާ ޕްރޮޕޯސަލްތައް ދިރާސާކޮށް ޕޮއިންޓްދޭ އުޞޫލުންނެވެ. މިގޮތުން ޕޮއިންޓް ދިނުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަށް ދޯނި ކުއްޔަށް ދިނުމުގެ ކަންތައްތައް ހަމަޖައްސާނީ ގާދިއްފުށީ ކައުންސިލްގެ އިދާރާއިންނެވެ. ދޯންޏާބެހޭ މަޢުލޫމާތު ދިނުން 2015 ޖުލައި 29 ވާ ބުދަ ދުވަހުގެ 10:00 ގައި ގާދިއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ވީމާ، ދޯނި ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް ހިއްޕަވައިގެން ގާދިއްފުށީ ކައުންސިލް އިދާރާއަށް ދުރުވުންއެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި ޙާޟިރުވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. 

ޕްރޮޕޯސަލްތައް ކެނޑުމަށް ހަމަޖެހިފައިވަނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ބީލަން ހުށަހަޅާ ގަޑީގައި ގާދިއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަޢުލޫމާތު ދިނުމުގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދެންނެވީމެވެ.             

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

              22 ރަމަޟާން 1436ހ

09 ޖުލައި 2015
ހޯދާ