މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތ. މަޑިފުށީ ޞިއްޙީ މަރުކަޒު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                          އިޢުލާން

ތ. މަޑިފުށީ ޞިއްޙީ މަރުކަޒު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/105 (04 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް ތ. މަޑިފުށި ޞިއްޙީ މަރުކަޒުގައި ކުރަން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ، ތ. އަތޮޅު ހޮސްޕިޓަލް އަދި ތ. މަޑިފުށި ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ، ތ. އަތޮޅު ހޮސްޕިޓަލް އަދި ތ. މަޑިފުށި ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ރަމަޟާން  1436       

09 ޖުލައި 2015
ހޯދާ