ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޓްރޭޑް ސެންޓަރ ފުރާޅު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އެސްޓީއޯ ޓްރޭޑް ސެންޓަރ ފުރާޅު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އެސްޓީއޯ ޓްރޭޑް ސެންޓަރ ފުރާޅު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           އެސްޓީއޯ ޓްރޭޑް ސެންޓަރ ފުރާޅު ބަދަލުކޮށް ދިނުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:    ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ޖުލައި 21 ވަނަ ދުވަހު 14:00 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ޖުލައި 23 ވަނަ ދުވަހު 14:00 ގެ ކުރިން އީމެއިލް އިންނެވެ.

މައުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2015 ޖުލައި 29 ވަނަ ދުވަހު 1100 ގައި ޓްރޭޑް ސެންޓަރގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖުލައި 30 ވާ ދުވަހުގެ 16:00  ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރިީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށްް 2015 އޮގަސްޓު 03 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 އޮގަސްޓު 10 ވަނަ ދުވަހު 1400 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.

މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:     3344224، 3344262

ފެކްސް:    3344633

އީމެއިލް:   [email protected]

13 ޖުލައި 2015
ހޯދާ