އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ފޯމަން (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

ފޯމަން (ދާއިމީ)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 3

އެސް. އެސް. 3

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: -/3875 ރުފިޔާ 

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ/ މާލެ (އެޑްމިން)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  1. މަޤާމަށް ބޭނުންވާާ ތަމްރީނެއް ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލްކޮަށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މަދަރުސާގެ ގޯތިތެރެއާއި، އިމާރާތާއި، ގޯތިތެރެއާއި ޢިމާރާތުގައިވާ ތަކެތި ދެނެގަނެ، އެތަންތަނާއި ތަކެތި ބެލެހެއްޓުމުގައި ޒިންމާ އުފުލުން.

2. ތާވަލުގައިވާގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން.

3. މަދަރުސާގެ އިމާރާތްތަކުގައިވާ ހަލާކުވާ ތަކެތީގެ ތަފުސީލާއި ޢިމާރާތުގެ ތަންތަން މަރާމާތްކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތީގެ ތަފުސީލު ހިސާބު، އެޑްމިނިސްޓްރޭޓަރ ނުވަތަ އެއިރަކު އިދާރީ ސެކްޝަން ބަލަހައްޓަވާ އިސްމުވައްޒަފަކަށް ލިޔުމުން ހުށަހެޅުމާއި، މެއިންޓަނަންސް ކަންތައްތައް ބަލަހައްޓާ މީހާއަށް އަންގައި އެކަން ބެލެހެއްޓުން.

4. މަދަރުސާގެ ކަރަންޓާއި ބޯފެނާއި، މޯޓަރުތަކާއި މީޓަރުތަކާއި ސައުންޑް ސިސްޓަމް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.

5. މަދަރުސާގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއިި، އޮފީހުގެ ނުރަސްމީ ގަޑިތަކުގައި ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ސްޕަވައިޒަރުން އެދޭކަންކަމުގައި އެހީތެރިވެދީ ބައިވެރިވުން.

6. މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުކުރެވިފައިވާ ފަރާތުން އެކަންކުރާގޮތް ބަލައި، ފާހަގަކުރެވޭ ކަންކަން ނޯޓްކޮށްގެން އެޑްމިނިސްޓްރޭޓަރަށް މަޢުލޫމާތު ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިންސަންސް އޮތް ފަރާތެއްކަމުގައިވުން.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

ހ. އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ 2014 ގެ ޖަދުވަލު 7 ގައިވާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށް އެދޭ ފޯމު މި މަދަރުސާގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ  ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ ރިސެޕްޝަނަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ މެންދުރު 14:30 އެވެ. ވީމާ، މަތީގައިވާ ލިޔުންތަކާއެކު، ވަޒީފާއަށްއެދޭ ފޯމު، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާންދަނީމަގު) ހުށަހެޅުން އެދެމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރުފޯނަށް ގުޅުން އެދެމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ