މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް:

  އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އޮފީސް:

ނ. އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން / ޔުނިޓް:

އެޑްމިން، އެޗް. އާރް އެންޑް އިންފޮރމޭޝަން

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

ކޮންޓްރެކްޓް ކުރެވޭ މުއްދަތު:

ކޮންޓްރެކްޓް ކުރެވުނު މުއްދަތު ހަމަވުމާ ހަމައަށް.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ރަށު ކައުންސިލް އިދާރާތަކަށާއި، އެހެނިހެން އިދާރާތަކަށް ފޮނުވުމަށް ލިބޭ ތަކެތި ބަލައިގަނެ، ދުވަހުން ދުވަހަށް ފޮނުވުން.

- ޔުނިޓުގެ އިދާރީ މަސައްކަތާ ގުޅޭ ފޮތްތައް ލިޔެ ބެލެހެއްޓުން.

- ޔުނިޓަށް ލިބޭ ލިޔުންތަކާ ހަވާލުވެ، ސެކްޝަން/ ޔުނިޓް ހެޑްގެ މަޝްވަރާގެމަތިން އަޅަންޖެހޭ ފިޔަވަޅު އެޅުން.

- ކައުންސިލް އިދާރާގެ މެއިލް ޗެކްކުރުމާއި، މެއިލްކުރުމާއި، ފެކްސްކުރަންޖެހޭ ތަކެތި ފެކްސްކުރުން.

- ސަރުކާރުގެ އެކިއިދާރާތަކުން ހޯދަން ބޭނުންވާ އިދާރީ މަޢުލޫމާތު ރަށްރަށުން ހޯދުމާއި، ފޯރުކޮށްދިނުން.

- އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، މަޢުލޫމާތު ސާފުކޮށްދިނުން.

- ކުއްލި ޙާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އިމަޖެންސީ މަޢުލޫމާތު ހޯދުމާއި، އެކަމާބެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުން.

- ސެކްޝަން/ ޔުނިޓުގެ މަސައްކަތާ ގުޅިގެން ރަށު ކައުންސިލް އިދާރާތަކުން ހޯދަންޖެހޭ އިދާރީ މަޢުލޫމާތު ހޯދުން.

- އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، އިންތިޒާމުތައް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ޢާއްމުޞިއްޙަތާ ބެހޭގޮތުން އަތޮޅު ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

- ސެކްޝަން/ ޔުނިޓުން ލިޔަންޖެހޭ ސިޓީ،މެސެޖްފަދަ އިދާރީ ލިޔުންތައް ލިޔުމާއި، ފައިލްކުރުން.

- ޔުނިޓުގެ ޔައުމިއްޔާ ނޯޓާއި، އިދާރާގެ ޔައުމިއްޔާ، ޔުނިޓުގެ މައްސަލަ ރަޖިސްޓްރީ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

އިދާރާއިން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ދުވަސްދުވަހުގެ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖުލައި 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެން.

 

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް ކުރުމަށްފަހު (ޝޯޓްލިސްޓް ކުރުމުގައި  ބަލާނީ  ލިބިފައިވާ  ތަޢުލީމާއި  ތަޖުރިބާގެ މައްޗަށެވެ.) ހޮވޭ  ފަރާތްތަކާ  އިންޓަވިއުކުރުން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. މި މުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ. އިންޓަރވިއު ބޭއްވޭނީ، މި އިދާރާގައެވެ.

އިތުރު މަޢުލޫމާތު: މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560028 ނަންބަރު ފޯނާއެވެ.
21 ރަމޟާން 1436

 

 

 

08 ޖުލައި 2015
ހޯދާ