ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސޯސިއޭޓް ސްޕެޝަލިސްޓް އިން ސައިކިއަޓްރީ

މިއެޖެންސީގެ ދަށުން ހިގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެސޯސިއޭޓް ސްޕެޝަލިސްޓްއިން ސައިކިއެޓްރީ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓީސަނަރސް

ރޭންކް: CS13- 1

މުސާރަ

މަހަކު -/25,260 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/10,200 ރުފިޔާ

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ (ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސައިކޭޓްރިކް ފަރުވާ ދެވޭ ކްލައިންޓުންގެ މަޢުލޫމާތު ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • ކްލައިންޓުންނަށް ސައިކޭޓްރިކް ފަރުވާ ދިނުމަށްޓަކައި އެމީހުންގެ ޞިއްޙީ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓް ހެދުން.
  • ފަރުވާދެވޭ ކްލައިންޓުންގެ ފަރުވާދޭންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ފަރުވާދެވޭ ކްލައިންޓުންގެ ކައުންސެލަރުންނާއި އާއިލާއާ ގުޅިގެން ފަރުވާދިނުމުގެ މަސައްކަތްކުރުން.
  • ކްލައިންޓުންނަށް ދޭންޖެހޭ ސައިކޭޓްރިކް ފަރުވާއަށް ބިނާކޮށް ކްލައިންޓުންނަށް ބޭސް ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
  • އެން.ޑީ.އޭގެ ދަށުން މާލެއާއި އަތޮޅުތަކުގައި ހިނގަމުންދާ ސެންޓަރުތަކުގެ ކްލައިންޓުންނަށް ބޭނުންވާ ސައިކޭޓްރިކް ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
  • ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ކޯރޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
  • ޓެކްނިކަލް ސްޓާފުން (ޑޮކްޓަރުން، ނަރުހުން އަދި ކައުންސެލަރުން) ތިރީގައި ބަޔާންކުރެވޭ ކަންތައްތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކްލާސްތައް ހިންގުން.
  • ސައިކޭޓްރިކް ކްލައިންޓުން ބަލަހައްޓާނެގޮތް
  • ސުއިސައިޑް ކޭސްތަކަށް އެޓެންޑްކުރާނެގޮތް
  • ކޯޓުގައި ހެކި ހުށަހަޅާނެގޮތާބެހޭގޮތުން
  • ކްލައިންޓުންގެ ޑާޓާ ބަލަހައްޓާނެގޮތް (ފަރުވާދިނުމާފަރުވާދެވޭ ކްލައިންޓުންނާބެހޭ މަޢުލޫމާތު އަދި އެސެސްމަންޓް ހެދޭ ކްލައިންޓުންގެ މަޢުލޫމާތު)
  • ފަރުވާއަށް ބޭނުންވާ ބޭސް ހޯދުމާބެހޭގޮތުން 

ތަޢުލީމާއި ތަޖުރިބާ

މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއްފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓް: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)
  • މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ
  • ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  • މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.

ސުންގަޑި

15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. ވަޒީފާއަށް އެދޭ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

01 ޖުލައި 2015
ހޯދާ