މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން     

މި ކައުންސިލުގެ ނަންބަރު: IUL)219-CA/01/2015/07) (ތާރީޚު:17 ޖޫން 2015) އިޢުލާނުގެ ބައެއް މަޢުލޫމާތުތައް ފުރިހަމަ ނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު އަދި ރޭންކް:

މަސައްކަތު، އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް  ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އިނާޔަތްތައް:

މުސާރަ -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

-/1085 ރުފިޔާ

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް ޔުނިޓް

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އޮފީސްތެރެ ފޮޅާ ސާފުކުރުން.
  • ދޮރާއި ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި މޭޒުތައް ސާފުކުރުން.
  • ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާތެރެއާއި ފާޚާނާގެ ސަރަޙައްދު މޮޕްލައި ސާފުކުރުން. އަދި ފާޚާނާގައި ހުސްނުކޮށް ބަހައްޓަށްޖެހޭ ތަކެތި ބެހެއްޓުން.
  • އޮފީހުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ބަހަންޖެހޭ ސިޓީ، ނޯޓް، ކާޑް ފަދަ ތަކެތި ބެހުމުގައި އެހީތެރިވެދިނުން.
  • ކައުންސިލްގައި ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރުކޮށްދިނުން.
  • އޮފީހަށް ބޭނުންވާ ތަކެއްޗާއި، ހަރުމުދާ ފަދަ ތަކެތި އުފުލުމުގައާއި، މަރާމާތުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  • މަސައްކަތްކުރުމުގެ ހުނަރު/ ތަޖުރިބާ/ ތަމްރީން/ ފެންވަރު ހުރިކަން ބެލުމުގެ ގޮތުން ޕްރެކްޓިކަލް (ޢަމަލީ) ޓެސްޓެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

2015 ޖުލައި 14 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނުކުރުން 2015 ޖުލައި 20 އިން 23 އަށް މިކައުންސިލްގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން  (www.mmc.org.mv)ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާއި ގުޅުއްވުން އެދެމެވެ.

18 ރަމަޟާން 1436 

05 ޖުލައި 2015
ހޯދާ