ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ރޭންކް: GS1

މުސާރަ

މަހަކު -/3565 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިމަރަފުށީ ޞިއްޙީ މަރުކަޒު / ތ. ތިމަރަފުށި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޞިއްޙީ މަރުކަޒުން ކަނޑައަޅާގޮތެއްގެމަތިން މަރުކަޒަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރުން.

- މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހޯދައި، އެތަކެތި ސްޓޮކްކޮށް ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުގެ ފިއުލް ސްޓޮކް ޤަވާޢިދުން ބަލަހައްޓައި، ފިއުލް އޯޑަރުކުރުން.

- ޞިއްޙީ މަރުކަޒުގެ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޞިއްޙީ މަރުކަޒުގެ ލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ސްޓޮކްކޮށް، އެތަކެތި ބަލަހައްޓައި، ހަމަޖެހިފައިވާ ޤަވާޢިދުގެދަށުން ތަކެތި ދޫކުރުން.

- ސްޓޮކުން ތަކެތި ހުސްވިޔަނުދީ، ސްޓޮކަށް މަދުވާ ތަކެތި ހޯދައި، އެތަކެތި ސްޓޮކްކުރުން.

- މުއްދަތު ހަމަވާތަކެތި، ކަނޑައެޅިފައިވާ ޤަވާޢިދުގެދަށުން ނައްތާލައި، ޤަވާޢިދުން ރެކޯޑްތައް ފުރިހަމަކުރުން.

- ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯޑުތައް ޤަވާޢިދުން ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުން.

- ސްޓޮކުގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

- ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް، ސޮއިކޮށް، ފޯމްތައް ފުރިހަމަކޮށް، ފައިލްކުރުން.

-  ޞިއްޙީ މަރުކަޒަށް ހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ، ޑެލިވަރީ ފޯމް ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށްފައި ފޮނުވަންޖެހޭ ތަންތަނަށް ޤަވާޢިދުން ފޮނުވުން.

- އެކިއެކި ފަރާތްތަކުން ޞިއްޙީ މަރުކަޒަށް ފޮނުވާ ތަކެތި މަރުކަޒަށް ގެނައުމާއި، މަރުކަޒުން އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވަމުން ގެންދިއުން.

- މީގެ އިތުރުން، ޞިއްޙީ މަރުކަޒުން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ހަވާލުކުރެވޭ ޞިއްޙީ މަރުކަޒުގެ މަސައްކަތްކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

1- ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/75 ރުފިޔާ

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖުލައި 22 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގައި، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780503 ނަންބަރު ފޯނަށް ނުވަތަ 7615606 ނަންބަރު ފޯނަށެވެ.

19 ރަމަޟާން 1436

06 ޖުލައި 2015
ހޯދާ