މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ ކަރަންޓް ވަޔަރ ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ ކަރަންޓް ވަޔަރ ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ފަރާތުން ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމު ކުރެވެމުންދާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ ކަރަންޓް ވަޔަރ ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިތަކެތި ސަޕްލައިކޮށްދިނުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވައިލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖުލައި 2015ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓްގައި މައުލޫމާތު ކަރުދާސް ފޮނުވައިދެވޭނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 960 3018415+

ފެކްސް: 301 3018 960+

އީ މެއިލް: [email protected]

  • މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖުލައި 2015 ވާ ބުދަދުވަހުގެ 14:00 ގެ ނިޔަލަށެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
  • މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނީ ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިންނެވެ.

އަގު: 85 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮއަގު/ ހުށަހެޅި އަގު  85

މުއްދަތު: 10 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު/ ހުށަހެޅި މުއްދަތު  10

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

07 ޖުލައި 2015
ހޯދާ