މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން

އެކައުންޓްސް ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  4. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚަރަދު ރިޕޯޓްތައް ޗެކްކުރުމާއި، ޕޭމަންޓް ވައުޗަރތައް ހަދާފައި އަތޮޅުތަކަށް ފޮނުވުމާއި، އަތޮޅުތެރޭގެ ކެޕިޓަލް ތަކެތީގެ ބިލްގެ ޕޭމަންޓްހެދުމާއި، މުސާރައިގެ ޕޭމަންޓް ވައުޗަރތައް ހެދުން.

 

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން / އައިޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޖީޕީ ޚިދުމަތްދިނުމަށް ބޭނުންކުރާ ސޮފްޓްވެއަރގެ ކަންތައް ބެލެހެއްޓުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތާނގެ ކޮންޕިއުޓަރުތައް ސަރވިސްކޮށް ބެލެހެއްޓުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން ހިންގާ އައިޓީއާ ގުޅުންހުރި ޕްރޮޖެކްޓްތަކާއި މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ

  1. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން)، ހެލްތު އިންފޮމެޓިކްސް ، ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން)، ހެލްތު އިންފޮމެޓިކްސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް) ، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން)، ހެލްތު އިންފޮމެޓިކްސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން)، ހެލްތު އިންފޮމެޓިކްސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން)، ހެލްތު އިންފޮމެޓިކްސް ، ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  4. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެޓްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން)، ހެލްތު އިންފޮމެޓިކްސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލްކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމް

އެންފޯސްމަންޓް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައި %35

ޑިވިޜަން  / ސެކްޝަން

ލައިސެންސިންގ އެންޑް އެންފޯސްމަންޓް ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންސްޕެކްޝަންތަކުގައި ބައިވެރިވުމާއި، ސެކްޝަނުގެ އިދާރީ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  3. ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމް

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން

އެކައުންޓްސް ޑިވިޜަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ ޕޭމަންޓް ވައުޗަރތައް ތައްޔާރުކުރުމާއި، މިނިސްޓްރީގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުމާއި، ރިކޮންސިލްކުރުން.

ތަޢުލީމާއި ތަޖުރިބާ

1. ފައިނޭންސް، އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ފައިނޭންސް، އެކައުންޓިންގގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމް

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން

ސެކްޝަން / ޔުނިޓް

ރިޕެއަރ އެންޑް މެއިންޓެނަންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީއާއި މިނިސްޓްރީގެ ޑިޕާރޓްމަންޓް، ޑިވިޜަންތަކުން މަރާމާތުކުރަންޖެހޭ ތަކެތި މަރާމާތުކުރާނެ ފަރާތެއް ހޯދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ ޢިމާރަތްތައް ހަޑިވިޔަނުދީ ބެލެހެއްޓުމާއި، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޚީ މަރުކަޒުތަކުގައި ބޭނުންކުރާ އުޅަނދުފަހަރުތައް ހަލާކުވުމުން، އެ އުޅަނދުފަހަރު މަރާމާތުކުރާނެ ފަރާތްތަށް ހޯދުމަށްޓަކައި ހޮސްޕިޓަލްތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނުއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނުއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ސަރކިއުލަރ، ނޯޓް މެމޯފަދަ ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރުމާއި،  މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އަހަރު ރިޕޯޓް ލިޔެ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި އެއްކުރުމަށްފަހު ރިޕޯޓް ލިޔެ ތައްޔާރުކުރުމާއި، މިނިސްޓްރީއަށް އެކިފާރާތްތަކުން ފޮނުވާ ލިޔުންތައް އެންޓްރީކުރުމަށްފަހު ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން / ސެކްޝަން

ހިއުމަން ރިސޯސް ޑިވިޜަން / ފޮރިން ރެކްރޫޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކަނޑައެޅިފައިވާ އަތޮޅުތަކުގެ ވޯކްމިޓް އިމެގުރޭޝަނަށް ދުވަހުން ދުވަހަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތައް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އިމެގުރޭޝަނަށް ހުށަހެޅުމާއި، އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ  ވޯކްޕާމިޓް  ދުވަހުން ދުވަހަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މައްދަތު އިތުރުކުރުމަށް އިމެގުރޭޝަަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި، ސެކްޝަނުގެ ކައުންޓަރުގެ މަސައްކަތްތައް.

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެދަށުން ހިނގަމުންދާ ޑިޕާރޓްމަންޓްތަކާއި މިނިސްޓްރީގެ އެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފޮނުވުމާއި، މާލޭގެ އެކިއެކި އޮފީސްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mv ން)  މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ޖުލައިމަހާއި އޯގަސްޓްމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3014437 އެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ