ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އޯ.ޕީ.ޑީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. ފީއަލީ ޞިއްޙީ މަރުކަޒު

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޞިއްޙީ މަރުކަޒަށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް މަޢްލޫމާތު ދިނުމާއި، މެމޯ ހައްދައިދިނުމާއި، ރިސެޕްޝަނުގައި ކުރަންޖެހޭ އާސަންދައިގެ އެންމެހައި މަސައްކަތްކުރުން.

- ތަރުޖަމާނަކު ނެތްނަމަ، ޑޮކްޓަރ ކޮޓަރީގައި ބަލިމީހުން ބެލުމަށް އެހީތެރިވެދިނުމާއި، ބަލިމީހުނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން.

- ރެޖިސްޓްރޭޝަންގެ ހުރިހައި މަސައްކަތެއް ކުރުމުގައި އެހީތެރިވެދިނުން.

- އޯ. ޕީ. ޑީ. އިންވެންޓްރީ ބެލެހެއްޓުމާއި، ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނަށް ހަވާލުކުރުން.

- ޞިއްޙީ މަރުކަޒަށް ޚިދުމަތްހޯދުމަށް ފޯނުން ނުވަތަ އެހެންގޮތަކުންވެސް މުޢާމަލާތްކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތް ކުރުމާއި، އެހީތެރިވުމާއި، ކަންކަންއޮންނަ ރަނގަޅުގޮތް ސާފުކޮށް ބުނެދިނުން.

މީގެ އިތުރުންވެސް، ޞިއްޙީ މަރުކަޒުން އަންގާ، ޞިއްޙީ މަރުކަޒުގެ ރަސްމީ މަސައްކަތްކުރުން.  

 

 

ތަޢުލީމާއި ތަޖުރިބާ

1- ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން ( www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފީއަލީ ޞިއްޙީ މަރުކަޒަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- 2015 ވަނަ އަހަރުގެ އޮގަސްޓުމަހު، ފީއަލީ ޞިއްޙީ މަރުކަޒުގައި.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

- މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް އިންޓަވިއު ކުރެވޭނެ ތާރީޚެއް އަންގާނެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 7599930 އެވެ.

- ވަޒީފާއަށް އެދޭ ފޯމް، ފީއަލީ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 15 ރަމަޟާން 1436

02 ޖުލައި 2015
ހޯދާ