މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު:

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ 3 ކައުންސިލުގެ މެންބަރުންނަށް ވުމަށް ފުރުސަތު ހުޅުވައިލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެކުލަވައިލުން

ބޭނުންވާ އަދަދު

3 މެޑިކަލް ޕްރެކްޓިޝަނަރ (3 މެޑިކަލް ޕްރެކްޓިޝަނަރ ތެރެއިން 1 ޕްރެކްޓިޝަނަރ ވާންވާނީ 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ ޕްރެކްޓިޝަނަރއަކަށް)

1 ޑެންޓަލް ޕްރކްޓިޝަނަރ

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި، ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް، މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

 

 

 

 

 

 

 

 

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

އެމް.ބީ.ބީ.އެސް ޑިގްރީ 30 މާކްސް                       

ސްޕެޝަލިސްޓް ޑިޕްލޮމާ 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ 75 މާކްސް

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް:

ޑިޕްލޮމާ ލެވެލް 05 މާކުސް

ޑިގްރީ ލެވެލް 10 މާކުސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ 15 މާކުސް

މާސްޓަރސް ލެވެލް 20 މާކުސް

ޕީ.އެޗް.ޑީ ލެވެލް 30 މާކުސް

1 ޑެންޓަލް ޕްރެކްޓިޝަނަރ

ތަޢުލީމީ ތަޖުރިބާ

ބީ.ޑީ.އެސް ޑިގްރީ 30 މާކްސް

ސްޕެޝަލިސްޓް ޑިޕްލޮމާ 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ 75 މާކްސް

މަސައްކަތު ތަޖުރިބާ (3 މެޑިކަލް ޕްރެކްޓިޝަނަރ)

- މަދުވެގެން 5 އަހަރުދުވަހުގެ ކްލިނިކަލް ތަޖުރިބާ ހުރުން.

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރ ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރއެއް މަދުވެގެން 25 އެނދުގެ ހޮސްޕިޓަލެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

7.5 އަހަރު  ދުވަހުގެ  ތަޖުރިބާ 40  މާކްސް (މަދުވެގެން  5  އަހަރު  ދުވަހުގެ  ކްލިނިކަލް  ޑޮކްޓަރެއްގެގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

10  އަހަރު  ދުވަހުގެ  ތަޖުރިބާ  50  މާކްސް (މަދުވެގެން  5  އަހަރު  ދުވަހުގެ  ކްލިނިކަލް  ޑޮކްޓަރެއްގެގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

12  އަހަރަށްވުރެ  މަތި  ތަޖުރިބާ  60  މާކްސް (މަދުވެގެން  5  އަހަރު  ދުވަހުގެ  ކްލިނިކަލް ޑޮކްޓަރެއްގެގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ 1 ޕެރެކްޓިޝަނަރ ހޮވުން

މަސައްކަތު ތަޖުރިބާ  (ޑެންޓަލް ޕްރެކްޓިޝަނާރ)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރަށްވުރެ މަތި ތަޖުރިބާ 60 މާކްސް

  • އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ، އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ސްޕެޝަލިސްޓް  ޑިގްރީ  އަދި  ސަބް  ސްޕެޝަލިސްޓް  ޑިގްރީކަމަށް  ބެލެވޭނީ،  މޯލްޑިވްސް  މެޑިކަލް ކައުންސިލްގައި އެ ޑިގްރީއެއް ލެވެލް ކުރެވިފައިވާގޮތަށެވެ.

މަޤާމަށް ކުރިމަތިލާ  މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން. (ރައިސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މަޤާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.)

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް.
  4. އައި.ޑީ.ކާޑު ކޮޕީ.
  5. ސީވީ.
  6. އަތޮޅު ތެރޭގައި މަސައްކަތްކޮށްފައިވާނަމަ، ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭފަދަ ސަރުކާރުގެ ލިޔުމެއް.

ކައުންސިލްގެ ނަން

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެކުލަވައިލުން

ބޭނުންވާ އަދަދު

 

3 ރެޖިސްޓާރޑް ނަރަހުން (3 ރެޖިސްޓާރޑް ނަރަހުންގެ ތެރެއިން 1 ނަރުހެއް ވާންވާނީ 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ ނަރުހަކަށް)

1 ރެޖިސްޓާރޑް ނާރސް މިޑްވައިފްއެއް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

 

 

ކައުންސިލް މެންބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތްކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި، ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް، މި،ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

 

 

 

 

 

 

 

 

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

ތަޢުލީމީ ތަޖުރިބާ (ނާރސިންގ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް)

ނާރސިންގ ޑިޕްލޮމާ 10 މާކްސް

ނާރސިންގ އެންޑް މިޑްވައިފަރީ ޑިޕްލޮމާ 20 މާކްސް

ނާރސިންގ ޑިގްރީ 30 މާކްސް

ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ (ނާސިންގ ދާއިރާއިން) 40 މާކްސް

މާރސްޓާރ ޑިގްރީ 50 މާކްސް

ޕީ.އެޗް.ޑީ 75 މާކްސް

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް:

ޑިޕްލޮމާ ލެވެލް 05 މާކުސް

ޑިގްރީ ލެވެލް 10 މާކުސް

ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ 15 މާކުސް

މާސްޓަރސް ލެވެލް 20 މާކުސް

ޕީ.އެޗް.ޑީ ލެވެލް 30 މާކުސް

1 ރެޖިސްޓާރޑް ނާރސް މިޑްވައިފްއެއް

ނާރސިންގ އެންޑް މިޑްވައިފް ޑިޕްލޮމާ 20 މާކްސް

ނާރސިންގ/މިޑްވައިފް ޑިގްރީ 30 މާކްސް

ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ (ނާރސިންގ ދާއިރާއިން) 40 މާކްސް

މިޑްވައިފަރީ މާސްޓާރ ޑިގްރީ 50 މާރކްސް

ޕީ.އެޗް.ޑީ 75 މާކްސް

މަސައްކަތު ތަޖުރިބާ

މަދުވެގެން 5 އަހަރު ދުވަހުގެ ނަރުސްކަމުގެ ތަޖުރިބާ (މަދުވެގެން 50 އެނދުގެ ހޮސްޕިޓަލެއްގައި ނަރުހެއްގެގޮތުގައި މަސައްކަތްކޮށްފައިވުން)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރަށްވުރެ މަތި ތަޖުރިބާ 60 މާކްސް

1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅުތެރޭގައި ލިބިފައިވާ 1 ނަރުހެއް ހޮވުން

  • އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ، މެންބަރުކަމަށް ހޮވޭނީ، އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ނާރސިންގ ދާއިރާގެ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ނާރސިންގ ކައުންސިލްއިން ގަބޫލުކުރާ ސެޓްފިކެޓްތަކެއް ކަމުގައި ވާންވާނެއެވެ.

 

 

 

 

މަޤާމަށް ކުރިމަތިލާ  މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް.
  4. އައި.ޑީ.ކާޑު ކޮޕީ.
  5. ސީވީ.
  6. އަތޮޅުތެރޭގައި މަސައްކަތްކޮށްފައިވާނަމަ، ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭފަދަ ސަރުކާރުގެ ލިޔުމެއް.

ކައުންސިލްގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް އެކުލަވައިލުން

 

 

 

 

ބޭނުންވާ އަދަދު

ދިވެހިރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ 6 މީހުން (1 ދާއިރާއަކުން 2 މީހުން ނުނެގުމަށް)

އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.

  • ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
  • ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
  • ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލް
  • ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
  • މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
  • ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން
  • ފާރމަސީ ޕްރޮފެޝަނަލުން.
  • ޑަޔަޓީޝަނުން އަދި ނިއުޓްރިޝަނިސްޓުން.
  • މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.
  • ކޮންމެ ދާއިރާއަކުން އެންމެ މަތީ މާރކްސް ލިބޭ ފަރާތެއް ހޮވުން. 6 ދާއިރާއިން ހުށަހަޅާފައިނުވާނަމަ، އެންމެ ގިނަ ޕްރޮފެޝަނަލް ދާއިރާއިން 2 މެންބަރުން.)

 

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

 

 

ކައުންސިލް މެންބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި، ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް، މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެދަށުން ހަދާ ޤަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

 

 

 

 

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯދާފައިވާ ތަޢުލީމީ ސެޓްފިކްޓްތައް

  • އެޑްވާންސް ސެޓްފިކެޓް ލެވެލް 10 މާކްސް (ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލްގެ ދާއިރާއަށް އެކަނި)

ޑިޕްލޮމާ 20 މާކްސް

ޑިގްރީ 30 މާކްސް

ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 40 މާކްސް

މާރސްޓަރ ޑިގްރީ 50 މާކްސް

ޕީ.އެޗް.ޑީ 75 މާކްސް

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެތައް:

ޑިޕްލޮމާ ލެވެލް 05 މާކުސް

ޑިގްރީ ލެވެލް 10 މާކުސް

ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 15 މާކްސް

މާސްޓަރސް ލެވެލް 20 މާކުސް

ޕީ.އެޗް.ޑީ ލެވެލް 30 މާކުސް

މަސައްކަތު ތަޖުރިބާ (ދާއިރާގެ މަސައްކަތު ތަޖުރިބާ)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރަށްވުރެ މަތި ތަޖުރިބާ 60 މާކްސް

  • އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ، މެންބަރުކަމަށް ހޮވޭނީ، އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ހުށަހަޅާ ސެޓްފިކެޓްތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކެއްކަމުގައި ވާންވާނެއެވެ.

 

 

 

 

މަޤާމަށް ކުރިމަތިލާ  މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކުކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް
  4. އައި.ޑީ.ކާޑުގެ ކޮޕީ.
  5. ސީވީ.

ސުންގަޑި

2015 ޖުލައި 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ (ރޯޝަނީ ބިލްޑިންގުގެ) ކައުންޓަރަށް.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3014468 އާއި 3014480 އެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ